
ވަޒީރު ހައިދަރު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 12 ޖެނުއަރީ 2026 - 12:00
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރުތައް ގާއިމުކުރުމާއި ގުޅިގެން ކުރަންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރުތައް ރަޖިސްޓްރީކުރުމަށާއި، މި ސެންޓަރުތަކުގައި ޚިދުމަތް ދިނުމުގެ އިޖުރައަތްތައް ފުރިހަމަކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅައި އެއްގޮތަށް މުޅި ދިވެހިރާއްޖެއަށް ކީރިތި ޤުރުއާން ކިޔަވައިދިނުމާއި، ޙިފްޡްކޮށްދިނުމުގެ ޕްރޮގްރާމް ފުޅާދާއިރާއެއްގައި ހިންގުމަށް ކުރަމުންދާ މަސައްކަތެކެވެ.
މިފަދަ ސެންޓަރުތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދިިނުމަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާ އިން ދަނީ އެ މަރުކަޒާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް
4 ގަޑިއިރު ކުރިން

ބަނގުރާފުޅިތަކާއެކު ހަތަރު މީހަކު ހައްޔަރު
4 ގަޑިއިރު ކުރިން

ސަރުކާރުގެ ޕޮލިޓިކަލް ޑައިރެކްޓަރު ވަކިކޮށްފި
5 ގަޑިއިރު ކުރިން

ގަވައިދާ ޙިލާފު ސިގިރެޓު ވިޔަފާރި- ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި
10 ގަޑިއިރު ކުރިން


