logo

ދައުލަތުގެ ދަރަނި 127 ބިލިއަންގައި އޮތް އިރު ރަހުނު ނުކުރާއެއްވެސް ތަނެއް ރާއްޖޭގައި ނެތް: އައިބީ

profile

މުޙައްމަދު ފަޟްލޫން - 12 ނޮވެމްބަރު 2025 - 13:17

ދައުލަތުގެ ދަރަނި 127 ބިލިއަންގައި އޮތް އިރު ރަހުނު ނުކުރާއެއްވެސް ތަނެއް ރާއްޖޭގައި ނެތް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ބަހުސްގައި ބައިވެރިވެ ވަޑައިގެން މެމްބަރު ވިދާޅުވީ ބިމުން މައްޗަށް އަރާފައިވާ 5 ފޫޓް ހަމަވެފައިވާ ހުރިހާ އިމާރާތެއް ކުރީސަރުކާރުން ހުރީ މޯގޭޗް ކޮށްފައި ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަކީ ކަނޑު ހުރަސްކޮށް ދަތުރުތައް ކުރަންޖެހޭ ބަޔަކަށްވުމާއެކު ހުރިހާ ރައްޔިތުންވެސް އެއަރޕޯޓް އަޅަން ބޭނުންވާ ކަމަށް މެމްބަރު އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ޒަމާނީ ފެންވަރުގެ ތަރައްގީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ގެނެސްދޭންޖެހޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ސިކުނޑިތައް ތަރައްގީވެފައިވާ ކަމަށާޢީ ޒުވާނުން ތިބީ ފުރިހަމައަށް ތައުލީމް ހާސިކޮށްގެން ކަމަށް މެމްބަރު ވިދާޅުވިއެވެ. ކިޔަވައިގެން ތިބޭ ރަނގަޅު ޖީލެއް މުޖުތަމުގައި ގައި އިތުރުވެގެންދާ ވަރަކަށް އެކުދިންގެ އުއްމީދުތައް އައުވެގެންދާނެ ކަމަށް އައިބީ ވިދާޅުވިއެވެ،

ކުރީ ޒަމާނާއި މިއަދާއި އަޅާބަލާއިރު މިއަދުގެ ތައުލީމީ ފެންވަރު ކުރިއަރައިގެން ގޮސްފައިވާ ކަމަަށް އައިބީ ވިދާޅުވިއެވެ. މިއަދު ރާއްޖެއަށް ލިބޭ އާމްދަނީ އާއި ރާއްޖެއަށް ލިބިފައިވާ ކުރިއެރުމަށް ބަލާއިރު ރާއްޖެ ހިމެނިގެންދަނީ ތަރައްގީވެފައިވާ ދުނިޔެއެއްގެ ތެރޭގައި ވުމާއެކު ހުރިހާ ކަމެއް ފެނިގެންދާ ކަމަށް އައިބީ ވިދާޅުވިއެވެ.

ބަޖެޓްގައި ދިވެހި ރައްޔިތުން ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާފައިވާ ކަމަށް އައިބީ ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay