
ނައިބު ރައީސް ރަސްގެފާނު ޗާލްސްއާއެކު-- ފޮޓޯ: ރައީސް އޮފީސް
ރާއްޖެ ވަޑައިގަތުމަށް ރަސްގެފާނު ޗާލްސްއަށް ދައުވަތު ދެއްވައިފި

އައިމިނަތު ރޫޔާ - 27 އޮކްޓޯބަރު 2024 - 06:54
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ރާއްޖެ ވަޑައިގަތުމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ދައުވަތު ދެއްވައިފިއެވެ.
ނައިބު ރައީސް ރަސްގެފާނަށް ދައުވަތު ދެއްވީ، ،މިއަހަރުގެ ކޮމަންވެލްތު ހެޑްސް އޮފް ގަވާމަންޓް މީޓިން، ޗޮގަމްގައި ބައިވެރިވެވަޑައިގަތުމަށް ސަމޯއާއަށް ކުރެއްވި ދަތުރުފުޅުގެ ރަސްމީ ޖަލްސާގެ ތެރެއިންނެވެ.
މިކަމާ ގުޅިގެން ނައިބު ރައީސް "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްގެފާނު ޗާލްސްއާ ބައްދަލުވުމަކީ ލިބިވަޑައިގަތް ޝަރަފެއް ކަމަށެވެ.
އެމަނިކުފާނު ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަސްގެފާނު ޗާލްސްއަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު އަރުއްވާފައެވެ.
ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ސަމާއޯއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި ނައިބުރައީސްގެ އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތްއެޅުމަކީ ޤާނޫނުގައި އޮންނަ ކަމެއް ނޫން: ރައީސް މައުމޫން
8 ގަޑިއިރު ކުރިން

ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް: ރައީސް
9 ގަޑިއިރު ކުރިން

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ
14 ގަޑިއިރު ކުރިން

ސިޔާސީ މަސްރަޙު އިޞްލާޙުކުރުމުގައި މިސާލު ދައްކާނަން: ރައީސް
14 ގަޑިއިރު ކުރިން


