މޯލްޑިވް ގޭހުން އެލްޕީޖީ 45 ކިލޯގެ ސިލިންޑަރުތަކުގެ އަގު ހެޔޮކޮށްފި
އައިޝަތު އިނާޝާ - 13 ޖެނުއަރީ 2025 - 15:45
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން އެލް.ޕީ.ޖީ 45 ކިލޯގެ ސިލިންޑަރުތައް ރީފިލް ކުރުމަށް އަގު ހެޔޮކޮށްފިއެވެ.
މޯލްޑިވް ގޭހުން ބުނިގޮތުގައި މިގެނައި ބަދަލާއެކު ގޭސް ފުޅިއެއް ދެން ލިބޭނީ 1،170 ރުފިޔާއަށެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ވަރަށް ބޮޑު ޚަރަދެއް ސަލާމަތްކޮށްދެވޭނެ ކަމަށާއި ގޭހުގެ އަގަށް މިގެނައި ބަދަލަކީ ވީހާވެސް އަގުހެޔޮކޮށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އަދި މޯލްޑިވް ގޭހުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ސަލާމަތާއި ފެންވަރުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓައި، މެދުކެނޑުމެއް ނެތި ގޭސް ސަޕްލައި ކޮށްދިނުމަށް ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
މޯލްޑިވް ގޭސް އުފެދުނީ 1999 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހުއެވެ.
އެންމެ ފުރަތަމަ އެ ކުންފުނިން ދޭން ފެށީ ކައްކާ ގޭހުގެ ޚިދުމަތެވެ. ނަމަވެސް އޭގެ ފަހުން 25 އަހަރު ވޭތުވެ، ކުންފުނީގެ ޚިދުމަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން