
އިސްރާއީލުން އެމެރިކާ އާއި ގުޅިގެން އީރާނަށް ހަމަލާދޭން ފަށައިފި

މުޙައްމަދު ފަޟްލޫން - 28 ފެބްރުއަރީ 2026 - 09:33
އިސްރާއީލް އާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާދޭން ފަައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފައިވާކަން ވަނީ އިއުލާން ކޮށްފައެވެ.
އީރާނަށް އިސްރާއީލުން ދިން ހަމަލާތަކަކީ 2025 ވަނަ އަހަރުގެ ޖޫން މަހު ދިން ހަމަލާތަކަށް ވުރެ ގިނަ ދުވަހަށް ދިގު ދެމިގެންދާނެ ހަމަލާތަކެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އިރާންގެ ވެރިރަށް ތެހެރާންގެ އިތުރުން އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތައް ގޮވައި އަޑުތައް ވަނީ އިވިފައެވެ.
އީރާން އަށް އިސްރާއީލުން ދިން ހަމަލާތަކާއި ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވާއިރު އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސަލާމަތުން ހުންނެވި ކަމަށް ދައުލަތުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފައެވެ.
އިރާން އަށް ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
މީގެ އިތުރުން އިސްރާއީލުން ދިން ހަމަލާގެ ސަބަބުން އީރާންގެ ވެރިރަށް ތެހެރާންގެ ބައެއް ސަރަހައްދުތަކުން މުއާސަލާތީ ހިދުމަތްތައް ވަނީ މެދުކެނޑިފައެވެ.
އިރާން އަށް ދިން ހަމަލާ އާއި ގުޅިގެން އެގައުމުގެ ހާލަތު ގޯސްވެފައިވާއިރު އިރާންގެ ވައިގެ ސަރަހައްދުވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ހުރިހައި ތަނަކަށް އީރާނުން ބޮން އަޅަން ފަށައިފި
3 ގަޑިއިރު ކުރިން

މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށްގޮވާލައި، ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
4 ގަޑިއިރު ކުރިން

ރައްޔިތުންނާ ގާތުން ބައްދަލުކުރުމަށް ފުލުހުންގެ 'ވޯކް އެންޑް ޓޯކް'
7 ގަޑިއިރު ކުރިން

މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލް އިން އިލްތިމާސްކޮށްފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)