logo

ޗައިނާއިން މިހާތަނަށް ރާއްޖެއަށް 134،838 ފަތުރުވެރިން ޒިޔާރަތްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 20 މޭ 2026 - 10:49

ޗައިނާއިން އަހަރުގެ މިހާތަނަށް ރާއްޖެއަށް 134،838 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ،

https://wamco.com.mv/

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.

ދެވަނަ އަށް 116،010 ފަތުރުވެރިން ރަޝިޔާއިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާއިރު ތިންވަނަ އަށް އިނގިރޭސިވިލާތުން ރާއްޖެއަށް 75،886 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން އިޓަލީ އިން ރާއްޖެއަށް 67،930 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ޖަރުމަނުވިލާތުން ރާއްޖެއަށް 56،966 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ،

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ވައިގެ މަގުންނެވެ.

ވައިގެ މަގުން ޖުމްލަ 865،346 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ.

އެ އެއާޕޯޓަށް އެކަނިވެސް 854،372 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް 3،569 ފަތުރުވެރިން، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް 3،130 ފަތުރުވެރިން، އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް 1،981 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މާމިގިލި އެއާޕޯޓަށް 1،572 ފަތުރުވެރިން އަދި ދާލު އެއާޕޯޓަށް 722 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 879،154 ފަތުރުވެރިންނެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %5.3 ގެ ދަށްވުމެކެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން، ޖުމްލަ ފަތުރުވެރިންގެ %70.4 ހިއްސާކުރާ 604،885 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

މިވަގުތު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދަނީ ޖުމްލަ 179 ރިސޯޓެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk