logo
ހައްޖު ސެކިއުރިޓީ ޑްރިލްގެ ތެރެއިން - ފޮޓޯ: ސައުދީ ޕްރެސް އޭޖެންސީ

ހައްޖު ސެކިއުރިޓީ ޑްރިލްގެ ތެރެއިން - ފޮޓޯ: ސައުދީ ޕްރެސް އޭޖެންސީ

ޙައްޖުގެ ސަލާމަތީ ތައްޔާރީތައް ސަޢޫދީ ދާޚިލީ ވަޒީރު ބައްލަވައިލައްވައިފި

profile

ރިޟްވާން މޫސާ - 23 މޭ 2026 - 07:24

ޙައްޖުގެ ސަލާމަތީ ކަންކަމަށް ތައްޔާރުވެފައިވާ މިންވަރު ސަޢޫދީ ޢަރަބިއްޔާގެ ދާޚިލީ ވަޒީރު އަދި ސުޕްރީމް ޙައްޖު ކޮމިޓީގެ ޗެއާމަން ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަޢޫދު ބިން ނާއިފް ބައްލަވައިލައްވައިފިއެވެ.

https://wamco.com.mv/

މައްކާގައި ވަނީ ސެކިއުރިޓީ ސިމިއުލޭޝަންތަކާއި ފީލްޑް ތަމްރީނުތައް ދައްކައިލުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގެ ހަރަކާތްތައް ބައްލަވާލެއްވުމަށާއި، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވެސް ސުޕްރީމް ޙައްޖު ކޮމިޓީގެ ޗެއާމަން ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަޢޫދު ބިން ނާއިފް އެވެ.

މި ރަސްމިއްޔާތުގައި ޙައްޖުގައި ބޭނުންކުރާ ސެކިއުރިޓީ ވެހިކަލްތަކާއި ޒަމާނީ ޓެކްނޮލޮޖީ އާއި ސެކިއުރިޓީ އޭވިއޭޝަންގެ ޤާބިލުކަން ވެސް ދައްކައިލައިފައިވެ އެވެ.

ޕަބްލިކް ސެކިއުރިޓީގެ ޑިރެކްޓަރު އަދި ޙައްޖު ސެކިއުރިޓީ ކޮމިޓީގެ ޗެއާމަން މުޙައްމަދު އަލްބައްސާމީ ބުނީ ޙައްޖުވެރިންނަށް ޚިދުމަތް ކުރުމަށް ސަޢޫދީ ލީޑާޝިޕުން ހުރިހާ ވަސީލަތެއް ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ ސަބަބުން ގިނަ ބަޔަކު އެއް ތަނެއްގައި މެނޭޖުކުރުމުގައި ސަޢޫދީ ޢަރަބިއްޔާ ވެފައި ވަނީ ދުނިޔެއަށް ނަމޫނާ ދައްކައިދޭ ޤައުމަކަށް ކަމަށް ވެސް ބުނެފައިވެއެވެ.

ކުރީ އަހަރުތަކުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ތަފާތު ހާލަތްތަކަށް ތައްޔާރުވެވޭ ގޮތަށް ސެކިއުރިޓީ ޕްލޭންތައް ހަދައިފައިވާ ކަމަށް އަލްބައްސާމީ ބުނެފައިވެއެވެ. މައްކާ އާއި މުޤައްދަސް ބިންތަކާއި މަދީނާ އަދި ޙައްޖުވެރިން ދަތުރުކުރާ ހުރިހާ މަގެއްގެ ސަލާމަތީ ކަންކަން ކަށަވަރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk