logo

ޔަމަނުގެ ހޫޘީން، ރަތްކަނޑުން އިސްރާއީލަށް ދަތުރުކުރި ބޯޓަކަށް މިއަދުވެސް ހަމަލާ ދީފި

profile

ސައިފް އަޒުހަރު - 08 ޖުލައި 2025 - 10:44

ޔަމަނުގެ ހޫޘީން، ރަތްކަނޑުން ދަތުރުކުރި ބޯޓަކަށް މިއަދުވެސް ހަމަލާ ދީފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

https://wamco.com.mv/

ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ބުނެފައިވަނީ، ހޫޘީން ހަމަލާދިނީ ޔަމަނުގެ ހުދައިދާއާ 51 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ވިޔަފާރި އާގުބޯޓަކަށް ކަމަށެވެ.

އެ ބޯޓަށް ހޫޘީން އާރްޕީޖީ 5 ރޮކެޓުން ހަމަލާދިނުމަށްފަހު، ކުދި ގަންބޯޓުތަކުން އެ ބޯޓުގެ ވަށައިގެން މިހާރުވެސް ހަމަލާދެމުންދާ ކަމަށް ބުނެފައި ވެއެވެ. އަދި ހަމަލާ ދިނުމަށް ސީޑްރޯންވެސް ބޭނުންކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޫޘީން ފުރަތަމަ ދިން ހަމަލާތަކާއެކު ބޯޓަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށްވެސް، އިނގިރޭސި މެރިޓައިމް އޭޖެންސީން ބުނެފައި ވެއެވެ.

މިއަދުގެ ހަމަލާ އަމާޒުކުރި ބޯޓުގެ ނަމަކަށް ބައެއް މީޑިއާ ވަސީލަތްތަކުން ހާމަކޮށްފައިވަނީ "އިޓާރނިޓީ ސީ" އެވެ. ބޯޓު ދަތުރުކުރީ އިސްރާއީލަށް ކަމަށް ވެއެވެ.

ޔަމަނުގައި ވެރިކަންކުރާ ހޫޘީން އިއްޔެވެސް ވަނީ، ރަތްކަނޑުން އިސްރާއީލަށް ދަތުރުކުރި ކޮންޓެއިނަރ ބޯޓަކަށް ހަމަލާ ދީފައެވެ.

އަދި މިދިޔަ އާދީއްތަދުވަހު ރަތްކަނޑުން އިސްރާއީލަށް ދަތުރުކުރަނިކޮށް ހޫޘީން ވަރުގަދަ ހަމަލާތަކެއްދިން "މެޖިކް ސީސް" ނަމަކަށްކިޔާ އާގުބޯޓު އިއްޔެވަނީ ކަނޑުގެ އަޑިޔަށް ގޮސްފައެވެ.

ހޫޘީ އަސްކަރިއްޔާއިން ބުނެފައިވަނީ، މެޖިކް ސީސްއަށް ހޫޘީން ހަމަލާދިނީ، އެ ބޯޓު އޮޕަރޭޓްކުރާ ކުންފުނިން ހޫޘީންގެ އިންޒާރުތަކަށް ކިޔަމަންނުވެ، މިދިޔަ ހަފްތާގައި އެ ކުންފުނީގެ 3 ބޯޓެއް އިސްރާއީލުގެ ބަނދަރުތަކަށް ދަތުރުކޮށްފައިވާތީ ކަމަށެވެ.

ހަމަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ޔަމަނުގައި ވެރިކަންކުރާ ހޫޘީން ރަތްކަނޑުގެ އޮޕަރޭޝަން އަލުން މިފެށީ، އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ހުރިހާ ރައްޔިތުން މަރައިހުސްކޮށް، ޣައްޒާ އެކަށް ސުންނާފަތިކުރަން، އިތުރު ސިފައިންނާއި ހަތިޔާރު ޣައްޒާއަށް ވައްދައި، ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތަށް ބެލުމެއްނެތި ނަސްލުނައްތާލުމަށް ބޮޑެތި ޖަރީމާތައް ހިންގާން ފެށުމުން އެކަން ހުއްޓުވުމަށްޓަކައެވެ.

https://wamco.com.mv/
https://www.aslu.com.mv