logo

އަމާޒަކީ 2027 ވަނަ އަހަރަށް އަރަބިއްޔާގެ މަސައްކަތް ނިންމާލުން : އެޑިއުކޭޝަން މިނިސްޓަރ

profile

މުޙައްމަދު ފަޟްލޫން - 03 ޖުލައި 2025 - 13:48

އަމާޒަކީ 2026 ވަނަ އަހަރު ނިމި 2027 ވަނަ އަހަރަށް އަރަބިއްޔާގެ މަސައްކަތް ވެސް ނިންމާލުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ އައު ސްކޫލްގެ މަސައްކަތް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިހާރު އަޅަމުންދާ އަރަބިއްޔާ ސްކޫލެ ފައުންޑޭށަން ލޭން މިހާރު އެޅިފައިވާ ކަމަށާއި، މި މަސައްކަތް އެ ވުޒާރާހެ ޓައިމްލައިންއާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، އަށް ބުރީގެ އިމާރާތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާއެވެ.

މި ސްކޫލް އަޅަނީ ޖާގަ ތަނަވަސް ބިމެއް ކަމަށްވާ މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ 386 ކޮށިގައެވެ.

ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތައުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސް، ޑރ. މުއިއްޒުގެ 'ދިވެހީންގެރާއްޖެ' މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދުފުޅެކެވެ.

މިހާރު އަރަބިއްޔާ ސްކޫލުގެ ޝީޓް ބަރިތައް ނިންމައި ފައުންޑޭޝަނުގެ މަސައްކަތް ފަށައިގަތުމަށް ތައްޔާރުވެފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މި ސަރަހައްދަކީ ވަރަށް ބޮޑަށް ކުނި އޮތް ސަރަހައްދެއްކަމަށާއި ހުރިހާ ކުންޏެއް ނަގާ، އެ ހުރިހާ މަސައްކަތެއް ނިންމާފައިވަކަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަލަށް އިމާރާތް ކުރާ އަރަބިއްޔާ ސްކޫލްގައި 40 ކްލާސްރޫމާއި، ބޭސްމެންޓްގައި އަންޑަރ ގްރައުންޑް ޕާރކިންގް ޒޯނަކާއި، ޓަރފް ދަނޑެއް ހިމެނޭނެއެވެ. މީގެ އިތުރުން މި ސްކޫލު އިމާރާތްކުރަނީ ޒަމާނީކޮށް، އޭސީ އަދި ސޯލާޕެނަލް ހަރުކުރެވޭނެ ގޮތަށެވެ. އެހެންކަމުން މި ސްކޫލް ވެގެންދާނީ މާލޭގައި 100 އިންސައްތަ ސޯލާ ހަކަތަ ބޭނުންކޮށްގެން ހުޅުވާ ފުރަތަމަ ސްކޫލަށް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay