logo

ތިލަމާލެ ބްރިޖުގެ މަސައްކަތް ފަސްވި ވާހަކަ ވަޒީރު ދޮގުކުރައްވައިފި

profile

އަހުމަދު ޒަލީފު - 31 މޭ 2024 - 21:51

މިނިސްޓަރ މުއްޠަލިބު

މިނިސްޓަރ މުއްޠަލިބު

މާލެ/ވިލިމާލެ/ތިލަފުށި/ގުޅިފަޅު ގުޅާލާ ތިލަމާލޭ ބްރިޖުގެ މަސައްކަތް ލަސްވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެން އެކަން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ދޮގުކުރައްވައިފިއެވެ.

މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ތިލަމާލޭ މަޝްރޫއު ލަސްވެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވުމުންނެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައި ވަޒީރު ވިދާޅުވީ، އެއީ ދޮގު ހަބަރެއް ކަމަށާއި ކޮންޓްރެކްޓްގައިވާ ގޮތުން ބްރިޖުގެ ސެގްމެންޓް އޭ (މާލެއިން ތިލަފުއްޓަށް) ނިންމަން އޮތީ 2026 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހަށް ކަމަށާއި ސެގްމެންޓް ބީ (ގުޅީފަޅުން ތިލަފުއްޓަށް) ނިންމަން އޮތީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

ވަޒީރު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މިމަހުގެ މަސައްކަތް ލަސްވި ނަމަވެސް އެމަސައްކަތް އެއްކޮށް ލަސް ނުވާ ކަމަށާއި ބްރިޖުގެ މަސައްކަތް ދީފައިވާ ވަގުތަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

tel:+9607331319