logo

އުމްރާނީ ތަރައްޤީގައި ސަރުކާރުގެ ތަސައްވުރު އޮތް ގޮތް އޭޑީބީއާ ހިއްސާކޮށްފި

profile

ޒިދާން މުޙައްމަދު - 09 ސެޕްޓެމްބަރު 2024 - 12:43

ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ހިންގާ މަޝްރޫޢޫތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ހިއްސާކުރައްވައިފިއެވެ.

މިކަން ހިއްސާކުރައްވާފައިވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އޭޑީބީގެ ވަފުދަކާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުކުރެއްވުގައި މިނިސްޓަރ ވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ދިމާވާ ގޮންޖެހުންތައްވެސް ވަނީ ހިއްސާކުރައްވާފައެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ރާއްޖޭގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠަޢާމު މުޙައްމަދާއި، ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލާއި، ޗީފް އެކައުންޓްސް އެގްޒެކިއުޓިވް ނާސިރާ މޫސާގެ އިތުރުން އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ވަނީ ބައިވެވަޑައިގެންފައެވެ.

އޭޑީބީގެ އެހީގައި ރާއްޖޭގައި ގިނަ އަދަދެއްގެ ޕްރޮޖެކްޓްތަކެއް ދަނީ ހިންގަމުންނެވެ.

tel:+9607331319