
"ޕީއެންސީގެ އެތެރޭގެ އިންތިޙާބު" ބައިވެރިވުމަށް ބާކީ 4 ދުވަސް

ރިޟްވާން މޫސާ - 05 ސެޕްޓެމްބަރު 2026 - 05:40
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން ބާކީ 4 ދުވަހަށް މުއްދަތު ކުޑަ ވެއްޖެ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އޮތް ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 01 ވަނަ ދުވަހުގަ އެވެ.
މި މަހުގެ 8 ވަނަ ދުވަހަށް މުއްދަތު ހަމަވާއިރު މި އިންތިހާބުގައި ބައިވެރިވެވެވީ މި އިންތިހާބުގައި ވާދަކުރަން ގާއިމުކޮށްފައިވާ ހާއްސަ ޕޯޓަލްއަކުންނެވެ.
ޕީއެންސީގެ ކޮންގްރެސް އެއް ނުބާއްވާތާ ވަރަށް ގިނަ ދުވަސްތަކަށް ފަހު އަލުން އެ ޕާޓީގެ ކޮންގްރެސް އެއް ބާއްވަން ނިންމާފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 15 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކޮންގެރެސްގައި އެޕާޓީން ހުޅުވާލާފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުން އޮންނާނެ އެވެ. ވާދަވެރި މި އިންތިހާބަށް ޕީއެންސީގެ އެތެރޭގެ ވަރަށް ގިނަ ބޭފުޅުން ބޮޑެތި މަގާމުތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަން ވެސް ފާހަގަކޮށްލެވެ އެވެ.
ޕީއެންސީ އަކީ މިވަގުތު ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެވެ. އިލެކްޝަން ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި ޕީއެންސީގައި މިވަގުތު 67579 މެންބަރުން އެބަތިއްބެވެ. އެހެން ނަމަވެސް ޕީއެންސީގެ ނައިބްރައީސް އަދި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް މުންދު ވިދާޅުވީ ޕީއެންސީގައި މިވަގުތު 70000 މެންބަރުން އެބަތިބި ކަމަށެވެ.
ޕީއެންސީގެ ކޮންގްރެސްއާ ބެހޭ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ އަންނަ މަހުގެ މެދުތެރޭގައި އޮންނަ ކޮންގްރެސްގައި 1،300 އެއްހާ މެމްބަރުން ބައިވެރިވާނެ ކަމަށެވެ. އެއީ ރާއްޖޭގައި މީގެކުރިން ބޭއްވި އެއްވެސް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގައި ބައިވެރިނުވާ އަދަދެއް ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ އިިންތިހާބެއް ކާމިޔާބު ކުރަން މިހާރު 180،000 އެއްހާ ސަޕޯޓަރުންގެ ވޯޓު ބޭނުންވާއިރު، ކޮންމެ ރަށެއްގެ ޕީއެންސީ މެމްބަރުން ވެސް މަސައްކަތް ކުރަނީ އެ ރަށެއްގެ ކޮންމެ ގިންތިއެއްގެ ބަޔަކާ ވެސް ގުޅިގެން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީ އަކީ އެންމެ ހަލާލު މެންބަރުން ގިނަ ޕާޓީ: ސުޖާއު
ގަޑިއިރެއް ކުރިން

ހުޅުމާލޭގެ ޓަވަރުތަކާއި މަގުތަކުގެ ރައްކާތެރިކަމަށް ސިޓީ ކައުންސިލުން އެޗްޑީސީގައި އެދެފި
3 ގަޑިއިރު ކުރިން

އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޚާއްސަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް ތައާރަފުކޮށްފި
19 ގަޑިއިރު ކުރިން

1.7 ކިލޯގެ ޑްރަގާއި ވޭޕް އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފި
ދުވަހެއް ކުރިން


