logo

އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާ ކުރުމަށް އޭސީސީން ފޮނުވައިފި

profile

މުޙައްމަދު ފަޟްލޫން - 20 ސެޕްޓެމްބަރު 2026 - 10:44

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދުގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

https://wamco.com.mv/

އޭސީސީން ހާމަކުރި ގޮތުގައި، 2016 އަދި 2017 ވަނަ އަހަރު އެމްޕީއެލްއަށް 18 އޭސީ ޔުނިޓް ގަނެފައިވަނީ، ދައުލަތުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމަށް އޭރު ޢަމަލުކުރަމުންދިޔަ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށެވެ. އެގޮތުން، މި ޕްރޮކިއުމަންޓަކީ ޢާންމުކޮށް އިޢުލާނުކުރުމެއް ނެތި އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައެއްވެސް ނެތި ކުރިއަށް ގެންގޮސްފައިވާ މުޢާމަލާތެއް ކަމަށް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެފަދަ ވިޔަފާރިއެއްގެ އެކަށީގެންވާ ތަޖުރިބާ ނެތް، އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ މަޞްލަޙަތު އޮތް ފަރާތެއްގެ ވިޔަފާރިއަކަށް ކަމަށް އޭސީސީން ބުނެއެވެ. އަދި މި ތަކެތި ގަނެފައިވަނީ އޭރުގެ ބާޒާރުގެ އަގަށްވުރެ މާ ބޮޑު އަގެއް ކަމަށްވާ 1,083,998 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ދިވެހި ރުފިޔާއަށެވެ.

މި މައްސަލައާ ގުޅިގެން، އޭރުގެ ސީއީއޯ ޖުނައިދުގެ އިތުރުން، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ވެރިޔަކަށް އޭރު ހުންނެވި މ. ހިލްއިންދަގާޑަން، ޢަބްދުލްވައްހާބުގެ މައްޗަށް ދަޢުވާކުރުމަށް މިދިޔަ ބުދަ ދުވަހު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

މި ދެ ބޭފުޅުންގެ މައްޗަށް ދަޢުވާކުރުމަށް އެދިފައިވަނީ، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގައެވެ.

https://wamco.com.mv/
tel:+9607331319