
ސަމްޕާ ބެލެހެއްޓުމަށް ބޭނުންވާ ޓެކް ސާމާނު ހަވާލުކޮށްފި

މުޙައްމަދު ފަޟްލޫން - 07 އޯގަސްޓު 2026 - 10:41
ދެކުނު އަރިއަތޮޅުގެ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަޙައްދު (ސަންޕާ) ބެލެހެއްޓުމުގައި ތަޢާރަފުކުރާ ޒަމާނީ ޓެކްނޮލޮޖީގެ މަޝްރޫޢު ޓެކް 4 ނޭޗަރ މޯލްޑިވްސް ގެ މުހިއްމު މަރުޙަލާއެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދު މޮނިޓަރކޮށް ބެލެހެއްޓުމަށް ބޭނުންވާ ހާއްސަ އާލާތްތައް މިހާރު ވަނީ އެ ސަރަޙައްދުގެ ރޭންޖަރުންނާ ހަވާލުކޮށްފައެވެ.
އާލާތްތައް ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި އޮޕަރޭޓްކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް ރޭންޖަރުންނަށް ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިއީ ރޭންޖަރުން އައު ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވައި، ފީލްޑް އޮޕަރޭޝަންތަކުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދާ މުހިންމު ތަމްރީނުތަކެކެވެ.
މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެކުނު އަރިއަތޮޅުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމެވެ.
މިކަމުގެ ސަބަބުން، ދުނިޔެއިން ހުސްވެދިއުމުގެ ބިރު އޮތް ފެހުރިހީގެ އާބާދީ ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އައު ދިރުމެއް ލިބި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް އުފުލިގެންދާނެއެވެ.
ޓެކް 4 ނޭޗަރ މަޝްރޫޢަކީ ހުއާވޭ (Huawei) ގެ މާލީ އެހީތެރިކަމާއެކު، އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގުޅިގެން ކުރިއަށްގެންދާ ތިމާވެށީގެ މުހިންމު މަޝްރޫޢެކެވެ.
ގުޅުން ހުރި ޙަބަރުތައް

"ދަތިވެއްޖެ!" އެމްޑީޕީގެ ޕިކަޕް ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވައިފި
15 ގަޑިއިރު ކުރިން
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެންނަން ޖެހިއްޖެ: ފައްޔާޒް
16 ގަޑިއިރު ކުރިން

ފެހި ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް ބާރުތައް މަސްހުނިވަމުންދާތީ ކުރީގެ ނައިބު ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި
16 ގަޑިއިރު ކުރިން

"ބޮޑު ބަދަލު" އިސްލާހީ އެޖެންޑާއަށް އާންމުންގެ ހިޔާލު ހޯދުމަށް ޚާއްސަ ވެބްސައިޓެއް!
16 ގަޑިއިރު ކުރިން


