
އައްޑޫ ސިޓީގައި 9 ވަނަ މޮންސޫން ފޯރަމް ފަށައިފި

ޝުރުފާ މުހައްމަދު - 18 އޭޕްރީލު 2025 - 08:10
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރޭވުންތެރިކަމާއެކު ކުރިއަށް ދިއުމަށްޓަކައި މަޝްވަރާކުރުމަށް 9 ވަނަ މޮންސޫން ފޯރަމް އައްޑޫ ސިޓީ ގަމުގައި ފަށައިފި އެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނިގޮތުގައި މި ފޯރަމްގައި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ އެކި ދާއިރާތަކުގެ ބައިވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް، އެ ބަދަލުތަކަށް ތައައްޔާރުވުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރުމެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ތަފާތު ސެޝަންތަކެއް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ބަދަލުތަކަށް ތައްޔާރުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ފޯރަމްގެ ނިންމުން ޖަލްސާގައި، ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ހުށަހެޅުންތަކެއް އަލިއަޅުވާލާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.