'ޖޯކަރ 2' އަންނަ މަހު 4 ގައި
![profile](/_next/image?url=%2Flogo.png&w=3840&q=75)
މަރްޔަމް އުމްނާ އިސްމާޢީލް - 25 ސެޕްޓެމްބަރު 2024 - 16:57
![](/_next/image?url=%2Fpanel-content%2Fmedia%2F93e2daa7-7be8-4dea-999d-47375cdb2543_1727283440294.jpg&w=3840&q=75)
"ޖޯކާ: ފޮލި އެ ޑުއާ"އަންނަ އޮކްޓޯބަރު މަހު ނެރެން ނިންމައި އިއުލާނުކޮށްފި އެވެ.
ހޮލީވުޑްގެ ޑިރެކްޓަރު ޓޮޑް ފިލިޕްސްގެ ޖޯކާ 2 އަކީ މިއުޒިކަލް ސައިކޮލޮޖިކަލް ތުރިލާއެކެވެ. މި ފިލްމަކީ 2019 ވަނަ އަހަރު ނެރުނު ޖޯކާގެ ސީކުއެލް އެކެވެ.
މި ފިލްމުން ފެނިގެންދާނެ ތަރިންގެ ތެރޭގައި ޖޯކާގެ ރޯލް ކުޅޭ ޖޯކުއިން ފީނިކްސް އާއި ހާލީ ކުއިންގެ ރޯލް ކުޅޭ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ހިމެނެ އެވެ.
ވޯނާ ބްރޯޒް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީން ޕްލޭ ތައްޔާރުކޮށްފައިވަނީ ސްކޮޓް ސިލްވާޒް އެވެ.
މި ފިލްމުގެ ޓްރެއިލާ ޔޫޓިއުބަށް ދޫކޮށްލާފައިވަނީ މި އަހަރުގެ އޭޕްރިލް ކުރީކޮޅެވެ. އެ ޓްރެއިލާއަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު އިރު، 167 މިލިއަން ވިއުސް އެ ވީޑިއޯއަށް ލިބިފައިވެ އެވެ.
2019 ގައި ރިލީޒްކުރި ޖޯކާއަށް އޮސްކާ އެވޯޑު ވެސް ލިބިފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް
![6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް](/_next/image?url=%2Fpanel-content%2Fmedia%2F344ba825-75eb-41bc-c5e6-99b35da33c00.jpg&w=3840&q=75)
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
![ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ](/_next/image?url=%2Fpanel-content%2Fmedia%2F2dce7ba5-55cb-45fb-9232-7fa1984d4200.jpg&w=3840&q=75)
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
![އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ](/_next/image?url=%2Fpanel-content%2Fmedia%2Fbd74cf6e-a856-453c-0e88-62e84309ad00.jpg&w=3840&q=75)
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
![ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ](/_next/image?url=%2Fpanel-content%2Fmedia%2F2fc9cc8e-97b8-4d61-23c5-e011c1a5ac00.jpg&w=3840&q=75)
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން