logo

ދާރުއްސާލާމް އެޅުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

profile

އާމިނަތު ޝަފާ - 16 އޯގަސްޓު 2024 - 17:58

ދާރުލް އީމާން

ދާރުލް އީމާން

ދާރުއް ސަލާމްގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް ބިނާކޮށްދޭނެ ފަރާތެއް ހޯދަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީ ކުރި އިއުލާނެއްގައި ބުނީ ވަގުފުތައް އިތުރުކުރުމުގެ މަގުސަަދުގައި ހުޅުމާލެ ފޭސް 1 ގައި "ދާރުއް ސަލާމް" ގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފިނޭންސްގެ އުސޫލުންކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިކަމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީންވަނީ އެދިފައެވެ.

މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމާފައިވާއިރު ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 26 ދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓްރީކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 11:00 ގައިކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ވަގުފް މަޝްރޫއުގެ ގޮތުގައި ތިން މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. އެގޮތުން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް އަދި މާލޭގައި އެޅުމަށް ހަމަޖެހިފައިވަނީ ދާރުލްއަރުޤަމްއަށް ބިން ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ދާއިމީ އިމާރާތް ބިނާ ކުރުމުގެ މަސައްކަތް ކުރަމުންދަނީވެސް ވަގުފް އިމާރާތެއްގެ ގޮތުގައެވެ.

ރާއްޖޭގައި ވަގުފު އައު ދެ އިމާރާތް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ 36 ވަނަ ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ގުރުއާނުގެ ފަންނު ކުރިއެރުވުމަށްޓަކައި އެކަމަށް ބޭނުންވާ މާލީ އެހީ ތަނަވަސްކުރުމަށް "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް" ގެ ނަމުގައި އިތުރު ދެ ވަގުފު އިމާރާތް ބިނާ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދާކަމަށެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ވަގުފު އިމާރާތަކީ މާފަންނު މަދަރުސާއާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތްކޮށްފައިވާ ދާރުލް އީމާނެވެ. މި އިމާރާތް ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް 5.2 މިލިއަން ރުފިޔާ ވަގުފު ފަންޑަށް ލިބޭނެކަމަށް އޭރު މިނިސްޓްރީން ލަފާކުރިއެވެ.

tel:+9607331319