logo
Barca vs Sevilla 2024.jpeg

Barca vs Sevilla 2024.jpeg

ގިނަ ލަނޑު ތަކަކާއެކު ބާސެލޯނާ އެއްވަނައިގައި ހަމަޖެހިލައިފި

profile

މުޙައްމަދު ޞާދިޤް - 21 އޮކްޓޯބަރު 2024 - 04:43

ސްޕެނިޝް ލަލީލާގާގައި ރޭ ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗް ގިނަ ލަނޑުތަކަކާއެކު އެއްވަނައިގައި ހަމަޖެހިލައިފިއެވެ. ބާސެލޯނާގެ ަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗް އެޓީމް ކާމިޔާބުކުރީ 5 ލަނޑު 1 ލަނޑުންނެވެ.

https://wamco.com.mv/

ރޭގެ މެޗްގެ ފުރަތަމަ ހާފްގައި ލެވަންޑޮސްކީ ކާމިޔާބުކުރި ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފް 3-0އިން ބާސެލޯނާ ނިންމާލި އިރު ަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޔަމާލްގެ އެހީތެރިކަމާއެކު ޕެޑްރީއެވެ. ދެވަނަ ހާފްގައި ބާސެލޯނާގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ޕްބްލޯ ޓޯރޭއެވެ. ސެވިއްޔާއިން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ ފުރިހަމަ ވަގުތު ހަމަވާން 2 މިނިޓަަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މުޒަމްބޯއެވެ.

މިނަތީޖާއާއެކު ބާސެލޯނާ އެއްވަނައިގައިއޮތީ 10 މެޗުން ލިބުނު 27 ޕޮއިންޓާއެކީއެވެ. ރޭގެ މެޗުން ބަލިވި ސެިވިއްޔާ އޮތީ ތާވަލްގެ ތޭރަވަނައިގައި 12 ޕޮއިންޓާއެކީއެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާގެ ފަހަތުން ދެވަނައިގައި ރެއާލް މެޑްރިޑް 24 ޕޮއިންޓާއެކު އޮތް ިއރު 3 ވަނައިގައި 20 ޕޮއިންޓާއެކީ އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

https://wamco.com.mv/
https://www.aslu.com.mv