logo

މޯލްޑިވިއަންގެ ކެބިން ކްރޫއިން ގައުމީ ހެދުމުގައި ދަތުރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 27 ޖުލައި 2025 - 08:54

އައު ޓާމިނަލް ހުޅުވުނު ފަހުން މޯލްޑިވިއަން ގެ ކެބިން ކްރޫއިން ފުރަތަމަ ފަހަރަށް ގައުމީ ހެދުމުގައި ދަތުރުކޮށްފިއެވެ.

https://wamco.com.mv/

މޯލްޑިވިއަންގެ އެކްސް އެކައުންޓް އިން ހިއްސާކޮށްފައިވާ ފޮޓޯ ތަކުން ފެނިގެންދަނީ ކެބިން ކްރޫއިން ދިވެހި ސަގާފީ ހެދުން ލައިގެން ފްލައިޓްގައި ހަރަކާތްތެރިވާ މަންޒަރެވެ.

މޯލްޑިވިއަންގެ ޕޯސްޓްގައި ބުނެފައިވަނީ ސަގާފަތާއި ޚިދުމަތުގެ ރީތި ގުޅުމެއް، ދަތުރުކުރާ ކޮންމެ ތަނަކަށް ރާއްޖޭގެ ރޫހު ގެނެސްދޭ ކަމަށެވެ.

މޯލްޑިވިއަންގެ ފިރިހެން ކެބިން ކްރޫއިން އަތް ދިގު ހުދު ގަމީހާއި މުންޑު އަނދެފައިވާއިރު، އަންހެން ކެބިން ކްރޫއިން ތިބީ ރަތްކުލައިގެ ދިގު ހެދުން ލައިގެންނެވެ.

އައު ޓަރމިނަލް ހުލުވުމާއިއެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ދަތުރުތަކަށް ބަދަލެއް ވަނީ އައިސްފައެވެ. 2025 ޖުލައި 27 އިން ފެށިގެން، މޯލްޑިވިއަންގެ ހުރިހާ ބައިނަލްއަޤްވާމީ ދަތުރުތައް ފުރައި، އަދި ޖައްސާނީ މި އައު ޓަރމިނަލުންނެވެ.
މޯލްޑިވިއަންއިން ވަނީ، ދަތުރުކުރާ ޓަރމިނަލް އޮޅުން ނާރާނެހެން، ފްލައިޓް މައުލޫމާތު ވަރަށް ރަނގަޅަށް ޗެކްކުރުމަށް ދަތުރުވެރިންނަށް އިރުޝާދު ދީފައެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ އެތެރޭގެ އުދުހުންތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެވެ. އެތެރޭގެ ހުރިހާ ދަތުރުތަކެއްވެސް ކުރިއެކޭ އެއްގޮތަށް މިހާރުގެ ޑޮމެސްޓިކް ޓަރމިނަލުން ކުރިއަށްދާނެކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

ރޭ ހުޅުވިގެންދިޔަ އައު ޓަރމިނަލްގެ ސަބަބުން ފަތުރުވެރިކަމަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އައު ޓާރމިނަލުން އަހަރެއްގެ މައްޗަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay