
ފުލުހުން ހޯދަމުންދިޔަ މީހަކު އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެ

ޝަހްޒާ މުޙައްމަދު - 27 ޑިސެމްބަރު 2025 - 11:44
ފުލުހުން ހޯދަމުންދިޔަ ދ.ވާދޫ، ސަބާހާމަންޒިލް، އިޒާމް ޒާހިރު މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ، އިޒާމް ޒާހިރު ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން މިމަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ކަމަށެވެ.
އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެއެވެ. އަދި އޭނާ ކޯޓަށް ހާޒިރު ކުރުމަށް ހޯދުމަށްޓަކައި 9 ފަހަރެއްގެ މަތިން ފުލުހުން އިއުލާންކޮށްފައިިވެއެވެ. ނަމަވެސް އޭނާ ހޯދަން ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުންޏެވެ.


.jpg&w=3840&q=75)
.jpeg&w=3840&q=75)


