
ބަނގުރާ ކައްކައި ވިއްކި ދެ ބިދާސީއަކު ހައްޔަރުކޮށްފި

ޝަހްޒާ މުޙައްމަދު - 27 ޑިސެމްބަރު 2025 - 11:41
މިހާރު ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން ރިވެލީގެ ތެރެއިން، މާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިމީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލޭގައި ބަނގުރާ ކައްކައި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އިންޑިޔާގެ ދެ ރައްޔިތުން ކަމަށްވާ 22 އަހަރުގެ މޮހަންދާސް ރަޖެންދިރަށާއި 41 އަހަރުގެ ބަލަސުބްރަމަނިޔަން ސެލަމްއެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ، މިމަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ގެ ބަލައި ފާސްކުރިއިރު އެގޭގެ 3 ފަންގިފިލާއިން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި މި ގެއަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅެމުންދާ ގެއެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ 2 މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަަނާ ވަނީ ހަވާލުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ، ތަހުގީގު ކުރަމުންނެވެ.


.jpg&w=3840&q=75)
.jpeg&w=3840&q=75)


