logo

ވީއައިއޭގެ ޓާމިނަލް 1 އިން ހައިސްކައިއަށް ހިދުމަތް ދޭން ފަށައިފި

profile

މުހައްމަދު މުޝްރިފް - 27 ޑިސެމްބަރު 2025 - 13:52

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރ ޓާމިނަލް، ޓާމިނަލް 1 އިން ލޯކޯސްޓް އެއަރލައިނެއް ކަމަށްވާ ހައިސްކައި އަށް ހިދުމަތް ދޭން ފަށައިފިއެވެ.

https://wamco.com.mv/

ޓާމިނަލް 1 އިން ހައިސްކައިގެ ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގްރޫޕްގެ ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ.

މި ރަސްމިއްޔާތުގައި ވޮޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރު އާއި ހައިސްކައިގެ އޮފިޝަލުންގެ އިތުރުން އެމްއޭސީއެލް (MACL) ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން ހައިސްކައިގެ ހިދުމަތްތައް ފެށުމުގެ ގޮތުން، އެ ޓާމިނަލަށް ކައިރިކުރި ހައިސްކައިގެ ފުރަތަމަ ފްލައިޓް (H9-856) އިން ރާއްޖެއަށް އައި 222 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ހައިސްކައިއާއެކު ޓާމިނަލް 1 އިން މިހާރު ޖުމްލަ 38 އެއަރލައިނަކަށް ހިދުމަތް ދެމުންދެއެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay