logo

ބައި އިލެކްޝަނުގައި 33 އިންސައްތަ މީހުން ވޯޓު ލައިފި

profile

ޝުރުފާ މުހައްމަދު - 08 ފެބްރުއަރީ 2025 - 10:42

މިއަހަރަށް ތާވަލުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފުރަތަމަ ބައި-އިލެކްޝަނުގައި 33 އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

https://wamco.com.mv/

މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްދާއިރު އިންތިޚާބުގެ ތަފްސީލްތައް ހިއްސާކޮށް އިލެކްޝަންސް ކޮމިޝަނުން ބުނީ މެންދުރު 2 ޖެހުމާއި ހަމައަށް ވޯޓު ލާފައި ވަނީ އެންމެ 33 އިންސައްތަ މީހުން ކަމަށެވެ. އެއީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ 11،325 މީހުންގެ ތެރެއިން 3810 މީހުންނެވެ.

ގާނޫނަށް ގެނައި ބަދަލާއި އެކު މިހާރު ބައި އިލެކްޝަންތައް ބާއްވަން ޖެހޭނީ އަހަރަކު އެންމެ ދެ ފަހަރު އެވެ. މި ބަދަލާއި އެކު ބާއްވާ މިއީ ފުރަތަމަ ބައި އިލެކްޝަން އެވެ.

މިއަދު ބާއްވާ މި ބައި އިލެކްޝަން ޖުމްލަ 12 ރަށެއްގައި ބާއްވަ އެވެ. އޭގެ ތެރެއިން 10 ރަށެއްގައި ބާއްވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެވެ. އަދި 2 ރަށެއްގެ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރެ އެވެ. އެއީ ހދ. މަކުނުދޫ ކައުންސިލް މެންބަރު އަދި ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަނީ ހދ. ހިރިމަރަދޫ ނ. މިލަދޫ ނ. ފޮއްދޫ ރ. އިންނަމާދޫ ބ. ގޮއިދޫ އދ. ހަންޏާމީދޫ ދ. ހުޅުދެލި ލ. ގަން ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫ ގަ އެވެ. މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 4 ޖަހަންދެން ކުރިއަށްދާއިރު، މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ މާފަންނު މަދަރުސާގަ އެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay