logo

އަައްޑޫގައި ވަކި ކައުންސިލްތައް ހެދުމަށް ޚިޔާލު ހޯދުމަށް ވޯޓުލުން ފަށައިފި

profile

އައިޝަތު އިބްރާހިމް - 25 އޮކްޓޯބަރު 2025 - 04:33

އަައްޑޫގައި ވަކި ކައުންސިލްތައް ހެދުމަށް ޚިޔާލު ހޯދުމަށް މިއަދު ވޯޓުލުން ފަށައިފިއެވެ.

https://wamco.com.mv/

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވާގޮތުގައި އައްޑޫސިޓީ ފޭދޫ، ހުޅުދޫއާއި މީދޫގެ ހުރިހާ ވޯޓު ފޮއްޓެއްގައިވެސް ވޯޓުލުން ވަނީ ފެށިފައެވެ.

އައްޑޫގެ ފޭދުއައި ހުޅުދުއާއި މީދޫގައި ސިޓީ ކައުންސިލުން ވަކިވެފައިވާ ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ އެހުމަށް، އެ ރަށްތަކުގެ ރައްޔިތުންނަށް ވޯޓުލާން ހުޅުވާލީ 8:00 ޖެހިއިރެވެ.

މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާއިރު ފޭދޫ އާއި ހުޅުދޫ އާއި މީދޫ އަދި މާލޭގައި 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ، ފޭދޫގައި 5 ވޯޓު ފޮށި، ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަކީ:

  1. ފޭދޫން 4،355 މީހުން
  2. ހުޅުދޫން 2،874 މީހުން
  3. މީދޫން 2،347 މީހުން

މި ވޯޓަށް މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ހުންނާނެ އެވެ. އެއީ ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި، ފޭދޫގައި 5 ފޮށި އަދި މާލޭގައި ދިރިއުޅޭ އެ 3 ރަށުގެ މީހުންނަށް 7 ވޯޓު ފޮއްޓެވެ. އީސީން ވަނީ މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކަލާފާނު ސްކޫލްގައި ކަމަށް ބުނެފައެވެ.

މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މިވޯޓުގައި ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުށަހަޅުއްވާފައިވާ ސުވާލާ ގުޅިގެން އެ މީހަކަށް ފެންނަ ގޮތެއް ހާމަ ކުރުމަށެވެ. އެގޮތުން، އައްޑޫގެ ފޭދޫ އާއި ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އޮތުމާ ގުޅޭގޮތުން ސުވާލު ހުށަހަޅުއްވާފައެވެ.

އީސީން ބުނީ މިއަދު ހަވީރު 4:00އަށްފަހު ވޯޓުލުމަށް ކިޔު ބަންދު ކުރެވޭނެ ކަމަށެވެ. އަދި ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓު ގުނައި، ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. ނަމަވެސް ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay