ވެމްކޯއިން ކުނި ނަގަމުން ދާނީ ހަމައެކަނި އެކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުން އެކަނި ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެ އެވެ.
ޔޫޝައު ހަސަން - 29 ޑިސެމްބަރު 2022 - 17:06
ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނެގުމުގައި ހަރަކާތްތެރިވަނީ
މާލޭގެ މަގުތަކަށް ޖަމާ ކޮށްފައިވާ ކުނިތަކަކީ، ވެމްކޯއިން ޒިންމާވާންޖެހޭނެ ކުނި ތަކެއް ނޫން ކަމަށާއި، ވެމްކޯއިން ކުނި ނަގަމުން ދާނީ ހަމައެކަނި އެކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުން އެކަނި ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެ އެވެ.
ވެމްކޯއިން ގޭގެއިން ނަގާ ކުނި ތައް މަގުމަތީގައި ކޮތަޅުކޮތަޅުގައި ބަހައްޓާފައި ގެންދާ ކުނި ރޭ ވެމްކޯއިން ގެންގޮސްފައި ނުވާ ކަމަށާއި، އެ ކުނިތައް ގެންދިއުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށް ވީނަމަވެސް، ރޭގައި ވެމްކޯއިން އެ ކުނިތައް ނުގެންދިޔައީ ގަސްތުގައި ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް މިކަމާއި ގުޅިގެން ވެމްކޯގެ އެމްޑީ އަހްމަދު ސިރާޖުވަނީ އެކަން ދޮގުކުރައްވައި އެފަދައިން މާލޭގެ ތަންތަނަށް އެއްކޮށްފައިހުންނަ ކުނިތައް ނެގުމަކީ އެ ކުންފުނީގެ ޒިންމާއެއް ބުނާކަމަށް ބުނެފައެވެ.
ވެމްކޯ އިން މީގެ ކުރިން މާލޭގެ މަގުތައް މައްޗަށް ޖަމާ ކޮށްފައި ހުންނަ ކުނިތައްވެސް ނަގަމުން ދިޔަ ކަމަށާއި، އެހެން ނަމަވެސް މިހާރު މާލޭގެ މަގުތަކަށް ނެރެފައި ހުންނަ ކުނިތައް ނެގުމަކީ، އެ ކުންފުނީގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި ގޭބިސީތަކުން ވެމްކޯއިން ނަގާ ކުނި ކަލެކްޝަން ޕޮއިންޓު ތަކަށް ޖަމާ ކުރުމަށްފަހު އެ ކުނިތައް ކުރިންވެސް ނަގަމުން އަންނަ ގޮތަށް މިހާރުވެސް ނަގަމުން އަންނަ ކަމަށް ވެމްކޯގެ އެންޑީ މައުލޫމާތު ދެއްވައެވެ.
އިތުރުން ސިރާޖު ވިދާޅުވީ، ސިޓީ ކައުންސިލަށް މާލޭގެ ސާފިތާހިރުކަން ނުބެލެހެއްޓޭނަމަ އެކަން އަލުން ވެމްކޯ އާއި ހަވާލު ކުރުމުން، ވެމްކޯ އިން އެކަން ކުރިއަށް ވުރެއްވެސް ފުރިހަމަ ގޮތުގައި ކުރާނެ ކަމަށާއި، ވެމްކޯގެ މުވައްޒަފުންނާއި ކުންފުނީގައި އެ ގާބިލުކަން އެބަ ހުރި ކަމަށެވެ.
ސިޓީ ކައުންސިލުން އަމިއްލަ އަށް މާލެ ތެރެ ސާފު ކުރުމަށް ނިންމާ، އެމަސައްކަތް ފަށާފައި ވާއިރު، ވެމްކޯގެ އެ މަސައްކަތުގައި އުޅުނު ފަރާތްތަކަށް ކައުންސިލުން ވަޒީފާގެ ފުރުސަތު ދޭނެ ކަމަށް ކައުންސިލުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެކަމަށް އަލިއަޅުއްވާލައްވާ ވެމްކޯގެ އެމްޑީ ވިދާޅުވީ، ސިޓީ ކައުންސިލަށް ގެންދިޔައީ، ވެމްކޯގެ އެ މަސައްކަތުގައި އުޅުނު މުވައްޒަފުންގެ ތެރެއިން 10 ވަރަކަށް މުވައްޒަފުން އެކަނި ކަމަށެވެ.
ވެމްކޯއާ އެކު ހެދި އެއްބަސްވުން އާ ނުކުރަން އެ ކައުންސިލުން ނިންމައިފައި ވަނީ މާލެ އާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނަގަން ވެމްކޯ އަށް ކޮންމެ މަހަކު ސިޓީ ކައުންސިލުން ބޮޑު ބަޖެޓެއް ދިން ނަމަވެސް އެ ކުންފުނިން ގަވާއިދުން އެކަން ކުރަމުން ނުގެންދާކަމަށް ބުނެ އެވެ.