logo

ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު ވެންޓިލޭޓަރުގައި

profile

ޝަހްޒާ މުޙައްމަދު - 24 ފެބްރުއަރީ 2026 - 17:57

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

https://wamco.com.mv/

ފުލުހުން ބުނީ މި މަހުގެ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯގެ ސައިޓެއްގައި ދިމާވި ހާދިސާއަކާ ގުޅިގެން މީހަކަށް އަނިޔާވި މައްސަލައެއް އިއްޔެ ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk