
ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސްގެ ރޯދަ ވީއްލުމެއް

ޝަހްޒާ މުޙައްމަދު - 24 ފެބްރުއަރީ 2026 - 17:55
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރޯދަވީއްލުމެއް ދެއްވައިފިއެވެ.
މުލީއާގޭގައި މިއަދު ބޭއްވެވި މި ރޯދަވީއްލުމަށް ވަޑައިގެންނެވި ޢިއްޒަތްތެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރޯދަ މަހުގެ ތަހުނިޔާ ދަންނަވައި، އިޙްތިރާމް އަދާކުރައްވާފައެވެ.
ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮންމެ އަހަރަކު ދެއްވާ ރޯދަ ވީއްލުމަކީ ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދޭދޭ ގުޅުންތައް ފުޅާކޮށް، ސަގާފީ އަދި ދީނީ ކަންކަމުގެ ތެރެއިން ގުޅުންތައް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމާލުން
3 ގަޑިއިރު ކުރިން

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި
3 ގަޑިއިރު ކުރިން

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން

ޓޫރިޒަމް ޓެކްސްއަށް ލިބުނު އާމްދަނީ އިތުރުވެ ބަޖެޓް ސާޕްލަސްވެއްޖެ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)