logo

"ރައްކާ ރޯޑްޝޯ" ގދ. އަތޮޅުގައި ފަށަނީ

profile

އާމިނަތު ޝަޒްލާ - 06 އޮކްޓޯބަރު 2026 - 13:42

ގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑްޝޯ" ގދ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

މި އަހަރުގެ ރޯޑްޝޯ ކުރިއަށް ދާނީ 2026 އޮކްޓޫބަރު 9 އިން 19 އަށެވެ. މި މުއްދަތުގެ ތެރޭގައި އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމަކީ އާންމުންގެ ބައިވެރިވުމާއެކު މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

"ރައްކާ ރޯޑްޝޯ" ގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ރޯޑް ސޭފްޓީ ވޯކްއާއި، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، "ބީޗް ބްލާސްޓް" އިވެންޓްތަކާއި، ކުއިޒް މުބާރާތްތަކުގެ އިތުރުން ބަށި އަދި ބާސްކެޓް މުބާރާތްތައް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ "ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް" އާއި "ފަހިރާސްތާ" ޕްރޮގްރާމް ވެސް ކުރިއަށްދާނެއެވެ. މި ހަރަކާތްތަކަކީ ދަރިވަރުންނާއި، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެކެވެ.

މި ހަރަކާތްތަކުގެ އިތުރުން، މަގުމަތީގެ ގަވާއިދުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން އަހުލުވެރިކުރުވުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ. އަދި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑު އެކި ރަށްރަށުގައި އިފްތިތާހުކުރެވޭނެއެވެ.

މި ރޯޑްޝޯ ކުރިއަށް ދަނީ "ރަނގަޅުކޮށްލާ" މި ޝިއާރުގެ ދަށުންނެވެ. މިއީ އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕޭނެކެވެ.

މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލްތަކާ އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ. މި އަހަރުގެ ޕާޓްނަރުންގެ ތެރޭގައި އޫރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމް.ޓީ.ސީ.ސީ، އަވަސް އަދި ހޮންޑާ (ޝީޝާ) ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319