
ކާޓަހީނާ ޑައިލޮގްގެ ހެޑްސް އޮފް ޑެލިގޭޝަން ރިޓްރީޓްގައި ރާއްޖެއިން ބައިވެރިވެއްޖެ

މުޙައްމަދު ފަޟްލޫން - 06 އޮކްޓޯބަރު 2026 - 13:47
އޮސްޓްރޭލިއާގެ ސިޑްނީގައި މި އޮކްޓޫބަރު މަހުގެ 1 އިން 3 އަށް ބޭއްވި ކާޓަހީނާ ޑައިލޮގް ގެ ހެޑްސް އޮފް ޑެލިގޭޝަން ރިޓްރީޓްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އަދި ސީނިއަރ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރ ޢާއިޝަތު ރީޝާ ސުހައިލްއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ކުރިއަށް އޮތް ޕްރީ ކޮޕް31 އަދި ކޮޕް31 އަށް ވާންޖެހޭ ތައްޔާރީތަކާއި، މި ސަމިޓްތަކުގައި އިސްކަންދޭނެ މުހިންމު ކަންތައްތަކާ ގުޅޭގޮތުންނެވެ.
ކާޓަހީނާ ޑައިލޮގަކީ ބައިނަލްއަގްވާމީ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގައި، އެދެވޭ އަދި ހަރުދަނާ ނަތީޖާތަކެއް ހާސިލުކުރުމަށްޓަކައި އެއްބާރުލުން ދީގެން މަސައްކަތްކުރާ ގައުމުތަކުގެ މެދުގައި ބޭއްވޭ ކުރިއަރާފައިވާ މުހިންމު ބައްދަލުވުމެކެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަނެއްކާވެސް ހަމަލާދޭން ފަށައިފި
2 ގަޑިއިރު ކުރިން

ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
2 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށްދޭ ސައިބަރ ހަމަލާތަކެއް އިތުރުވަނީ، ސަމާލުވޭ: ފުލުހުން
2 ގަޑިއިރު ކުރިން

ޑައިމޯފިން ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި 1 ލައްކައިން ޖޫރިމަނާކޮށްފި
3 ގަޑިއިރު ކުރިން


