.webp&w=3840&q=75)
އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަނެއްކާވެސް ހަމަލާދޭން ފަށައިފި

އާމިނަތު ޝަޒްލާ - 06 އޮކްޓޯބަރު 2026 - 13:52
އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ފައުޖުތަކުން ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އަނެއްކާވެސް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފި ކަމަށް ލުބުނާނުގެ ރަސްމީ ނޫސް އެޖެންސީ، ނޭޝަނަލް ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ރިޕޯޓުކޮށްފިއެވެ.
ގަލްފް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ދިން މި ހަމަލާތަކަކީ އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ނަގާލައި، އާންމު ރައްޔިތުންނަށް ބިރުދެއްކުމުގެ ގޮތުން ދީފައިވާ ނުރައްކާތެރި ހަމަލާތަކެކެވެ.
އެން.އެން.އޭ އިން ހާމަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ވަނީ ނަބަތީހް ގަވަރްނޮރޭޓްގެ ބިންތު ޖުބައިލް ޑިސްޓްރިކްޓްގައި ހިމެނޭ ހަދާތާ އާއި ބްރާޝީތުގެ ބޭރު ސަރަހައްދުތަކަށް ބަރު ހަތިޔާރާއި ބަޑީގެ ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ސިފައިން ވަނީ ބައިތު އަލްސިޔާދު އަދި މަންސޫރީގެ ބޭރު ސަރަހައްދުތަކަށް މެޝިން ބަޑިން ވިދިވިދިގެން ހަމަލާތައް ދީފައެވެ. އަދި ހަމައެއާއެކު، ހާރިސްގެ ބޭރު ސަރަހައްދެއް ކަމަށްވާ އަލްއަރީޝްގައި ހުރި އާންމުންގެ ގެއަކަށް އިސްރާއީލުގެ އަސްކަރީ ޑްރޯނަކުން ނުރައްކާތެރި އަޑުގަދަ ބޮމެއް ވައްޓާލާފައިވާ ކަމަށްވެސް އެ އެޖެންސީން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާއިރު، މިއީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތި އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ޖަރީމާތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް މި އާ ހަމަލާތައް ދޭން ފަށާފައި މިވަނީ، އެމެރިކާ މެދުވެރިވެގެން މިދިޔަ ޖޫން މަހު ލުބުނާނާއި އިސްރާއީލާ ދެމެދު ހަމަލާތައް ހުއްޓާލުމަށާއި މަސްރަހު ފިނިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. ނަމަވެސް، ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި ގާނޫނުތަކަށް ބެލުމެއްނެތި އިސްރާއީލުން އަބަދުވެސް އަންނަނީ މިފަދަ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފުވަމުންނެވެ.
ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ދެކުނު ސަރަހައްދުގެ ބޯޑަރުގައި ޒަޔަނިސްޓް އިސްރާއީލާއި ހިޒްބުﷲ ޖަމާއަތާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތަކަށް އެތައް މަހެއް ވެފައިވާއިރު، އިސްރާއީލުން ދަނީ ލުބުނާނުގެ ސިޔާދަތަށް އަރައިގަނެ، އެ ގައުމުގެ އެތެރޭގެ އަވަށްތަކަށާއި އާންމުންގެ ގެދޮރަށް ބޮންއަޅަމުންނެވެ. މި ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ދެކުނުން އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.
މުޅި މެދުއިރުމަތީގެ ސުލްހައަށް ނުރައްކާވާ ފަދަ ގޮތަކަށް، އިސްރާއީލުން ހިންގަމުންދާ މިފަދަ އުދުވާނީ އަމަލުތަކަކީ އެ ސަރަހައްދު އިތުރު ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމަށް ކުރަމުންދާ ކަމެއް ކަމަށް ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މިފަދަ ހަމަލާތައް ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތަކެއް ނާޅާތީ، އިސްރާއީލުގެ އުދުވާންތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
2 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށްދޭ ސައިބަރ ހަމަލާތަކެއް އިތުރުވަނީ، ސަމާލުވޭ: ފުލުހުން
2 ގަޑިއިރު ކުރިން

ކާޓަހީނާ ޑައިލޮގްގެ ހެޑްސް އޮފް ޑެލިގޭޝަން ރިޓްރީޓްގައި ރާއްޖެއިން ބައިވެރިވެއްޖެ
2 ގަޑިއިރު ކުރިން

ޑައިމޯފިން ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި 1 ލައްކައިން ޖޫރިމަނާކޮށްފި
3 ގަޑިއިރު ކުރިން


