logo

ކެރެލާއިން 1200 ގަސް ރާއްޖެއަށް ހަދިޔާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 03 ސެޕްޓެމްބަރު 2026 - 11:43

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން،އިންޑިއާގެ ކެރެލާ ސްޓޭޓް ސަރުކާރުން ރާއްޖެއަށް 1،200 ގަސް ހަދިޔާކޮށްފިއެވެ.

https://wamco.com.mv/

މި އެހީއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގެ މި ޕްރޮގްރާމަށް ގަސް ފޯރުކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ދެއްވި އެހީއެކެވެ.

ކެރެލާގެ ފޮރެސްޓް މިނިސްޓަރު ޝިބޫ ބޭބީ ޖޯންގެ ބެއްލެވުމުގެ ދަށުން ހަދިޔާކުރި މި ގަސްތަކުގެ ތެރޭގައި ހިމެނެނީ 600 އަނބުގަހާއި 600 ހައިވަކަރު ގަހެވެ.

ކެރެލާ ފޮރެސްޓް ޑިޕާޓްމަންޓުން ހަދިޔާކުރި މި ގަސްތަކާ ރާއްޖޭގެ ފަރާތުން ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ، ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް ޖެނެރަލް ޝިފާނާއެވެ.

ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހި އިތުރުކުރުމުގެ އިތުރުން ތިމާވެއްޓަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމެވެ.

https://wamco.com.mv/
tel:+9607331319