
ހުޅުމާލޭގެ މަގުހަދާ ސަރަހައްދުތަކަށް ނުވަނުމަށް އެޗްޑީސީ އިން އެދިއްޖެ

މުޙައްމަދު ފަޟްލޫން - 26 އޭޕްރީލު 2026 - 16:09
ހުޅުމާލޭގެ މަގުތައް މަރާމާތުކުރުމުގެ ނިމިގެންދާ މަސައްކަތްތަކަށް ހާއްސަކޮށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް އާންމުން ނުވަދެ، ރައްކާތެރިކަމާ އެކު ހިނގާބިނގާވެ އުޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ މަގުތަކުގެ މަރާމާތު މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ރައްޔިތުންގެ ދިރިއުޅުމަށް ވީހާ ވެސް ކުޑަ ބުރުލެއް ލިބޭ ގޮތަށް ކަންކަން ތަރުތީބުކޮށް، ފަރުވާތެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހަމަ އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތާވަލާ އެއްގޮތަށް މަސައްކަތް ނިންމުމަށް ބައެއް މަގުތައް ވަގުތީ ގޮތުން ބަންދުކުރެވޭނެއެވެ. ވީމާ، ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ނުވަދެ، ބެހެއްޓިފައިވާ ޓްރެފިކް ނިޝާންތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ ކޯޕަރޭޝަނުން ވަނީ ހުރިހާ ފަރާތްތަކަށް ވެސް ގޮވާލާފައެވެ.
އެޗްޑީސީ އިން ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ ހުޅުމާލޭގެ މަގުތަކުގެ ފެންވަރު ހަރުދަނާކޮށް، ދަތުރުފަތުރުގެ ދާއިރާގައި ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ހިންގޭ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ކޯޕަރޭޝަނުން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަޖިލީހުގެ މަސައްކަތްތައް މިނިވަންވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް: ނައިބު ރައީސް
2 ގަޑިއިރު ކުރިން

އޮގަސްޓްމަހުގެ ނިޔަލަށް އާރުޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލެވޭނެ: ރައީސް
4 ގަޑިއިރު ކުރިން

ހުސްވި އަހަރުގެ ނޮވެމްބަރުން ފެށިގެން އަމިއްލަ ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފިން: ރައީސް
4 ގަޑިއިރު ކުރިން

ރައީސްގެ އަބުރުފުޅާއި ގުޅުވައިގެން ދޮގުވާހަކަ ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަން ނިންމަވައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)