
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ރައީސްގެ އަބުރުފުޅާއި ގުޅުވައިގެން ދޮގުވާހަކަ ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަން ނިންމަވައިފި

މުޙައްމަދު ފަޟްލޫން - 27 އޭޕްރީލު 2026 - 08:00
ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަބުރުފުޅާއި ގުޅުވައިގެން ދޮގުވާހަކަ ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަން އެމަނިކުފާނު ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނާއި ގުޅުވައި މީސް މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަރާތްތަކަށް ދައުވާ އުފުލަން ކަމާއި ބެހޭ އިދާރާތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ރައީސް ޑރ މުއިއްޒު އާއި ގުޅިގެން އޮންލައިން ނޫހެއް ކަމަށްވާ އަދަދު ނޫހުން ތައްޔާރުކުރި ވީޑިއޯ ޑޮކިއުމެންޓްރީ ގައި ހިމެނޭ ކަންކަމަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެކުރިންވެސް އަދަދު ނޫހުން އެމަނިކުފާނަށް އަމާޒުކޮށް އެފަދަ ވީޑިއޯއެއް އާންމުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެއީވެސް ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ހިމެނޭ ވީޑިއޯއެއްކަން ބަޔާންކުރައްވައި، ރައީސް ވިދާޅުވީ އެ މީޑިއާއިން އެފަދަ އަމަލުތައް ހިންގުމަކީ އެމަނިކުފާނު ހައިރާންވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މަޖިލީހުގެ މަސައްކަތްތައް މިނިވަންވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް: ނައިބު ރައީސް
2 ގަޑިއިރު ކުރިން

އޮގަސްޓްމަހުގެ ނިޔަލަށް އާރުޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލެވޭނެ: ރައީސް
4 ގަޑިއިރު ކުރިން

ހުސްވި އަހަރުގެ ނޮވެމްބަރުން ފެށިގެން އަމިއްލަ ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފިން: ރައީސް
4 ގަޑިއިރު ކުރިން

ހުރިހާ ވަޒީރުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)