
އޮގަސްޓްމަހުގެ ނިޔަލަށް އާރުޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލެވޭނެ: ރައީސް

މުޙައްމަދު ފަޟްލޫން - 27 އޭޕްރީލު 2026 - 08:01
އާރުޓީއެލް ފެރީގެ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް އޮގަސްޓް މަހާއި ހަމައަށް ދާއިރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހިދުމަތް ފުޅާވެގެން ދާނެ ކަމަށް ރައީސް ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އާރްޓީއެލްގެ ފެރީގެ ހިދުމަތަކީ ވަަރަށް މުހިންމު ހިދުމަތެއް ކަމަށް ދެކޭ ކަމަށާއި، މިހާރު ހިދުމަތް ނުފެށި އޮތީ 4 އަތޮޅެއްގައި ކަމަށެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ގާއިމް ނުވެ ހުރި އަތޮޅުތަކުގައި އެ ހިދުމަތް ގާއިމް ކުރުމުގައި ލަސްތަކެއް ވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ދިނުމުގައި ލަސްތަކެއް އުޅެނީ ފައިސާ ދިނުން ލަސްވާތީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަގުތުން ވަގުތަށް ފައިސާ ދެވޭ ނަމަ ހިދުމަތް އަވަސްވާނެ ކަމަށެވެ.
އެމްޓީސީސީން އާރުޓީއެލްގެ ހިދުމަތް ދިނުމަށް ބޭނުން ކުރާނީ 48 މީހުންގެ ޖާގައިގެ ފެރީތަކެވެ.
މި ފެރީތަކުގެ 4 ސީޓު އެންސްޕާގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަނީ ހާއްސަކޮށްފައެވެ.
މިވަގުތު ރާއްޖޭގެ 16 އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް އެމްޓީސީސީ މެދުވެރިކޮށް އަންނަނީ ދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މަޖިލީހުގެ މަސައްކަތްތައް މިނިވަންވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް: ނައިބު ރައީސް
2 ގަޑިއިރު ކުރިން

ހުސްވި އަހަރުގެ ނޮވެމްބަރުން ފެށިގެން އަމިއްލަ ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފިން: ރައީސް
4 ގަޑިއިރު ކުރިން

ރައީސްގެ އަބުރުފުޅާއި ގުޅުވައިގެން ދޮގުވާހަކަ ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަން ނިންމަވައިފި
4 ގަޑިއިރު ކުރިން

ހުރިހާ ވަޒީރުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)