
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ހުސްވި އަހަރުގެ ނޮވެމްބަރުން ފެށިގެން އަމިއްލަ ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފިން: ރައީސް

މުޙައްމަދު ފަޟްލޫން - 27 އޭޕްރީލު 2026 - 08:01
ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 3.3 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފާއިތުވި 21 ދުވަހުގެ ތެރޭގައި ދައުލަތުން 924 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ދެއްކި 524 މިލިއަން ޑޮލަރުގެ ސުކޫކާއި، އޭޕްރީލް 23 ގައި އިންޑިއާއަށް ދެއްކި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު ކުރިއަށްގެންދާ އިގްތިސާދީ އިސްލާހީ މަސައްކަތްތަކާއެކު، ބޭރުގެ ދަރަނީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ދަރަނިތައްވެސް ދަނީ ތަރުތީބުން އަދާކުރަމުންނެވެ. އެގޮތުން، އެކި މަސައްކަތްތައް ކުރި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދެއްކުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮންމެ ހަފްތާއަކު ގާތްގަނޑަކަށް 800 ވެންޑަރުންނަށް ފައިސާ ދޫކުރަމުންދާކަން ހާމަކުރައްވައި، މި މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ދައްކާ ނިންމަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މަޖިލީހުގެ މަސައްކަތްތައް މިނިވަންވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް: ނައިބު ރައީސް
2 ގަޑިއިރު ކުރިން

އޮގަސްޓްމަހުގެ ނިޔަލަށް އާރުޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލެވޭނެ: ރައީސް
4 ގަޑިއިރު ކުރިން

ރައީސްގެ އަބުރުފުޅާއި ގުޅުވައިގެން ދޮގުވާހަކަ ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަން ނިންމަވައިފި
4 ގަޑިއިރު ކުރިން

ހުރިހާ ވަޒީރުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)