
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު: ނަރުދަމާގެ މަސައްކަތް ނިމިއްޖެ

އާމިނަތު ޝަޒްލާ - 02 ޖޫން 2026 - 04:19
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތްތައް ކުރަމުން އަންނަ ސެގްމަންޓުތަކުގެ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ބުނެފިއެވެ.
އެމްޓީސީސީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މާލޭގެ އުތުރުން ބޮޑުތަކުރުފާނު ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 5 ސެގްމަންޓަކަށް ބަހާލައިގެން އަންނަނީ މަސައްކަތްކުރަމުން ކަމަށާއި، މިގޮތުން ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށްވަނީ ތަރައްޤީކޮށް ނިންމާލައިފަ ކަމަށެވެ. މިހާރު ކުރަމުންދަނީ ސެގްމަންޓު 2، 3 އަދި 4 ގެ މަސައްކަތެވެ.

އެމްޓީސީސީން މަސައްކަތުގެ އަދާހަމަ ހިއްސާކޮށްފައިވާއިރު، މިސެގްމަންޓުތަކުގެ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އެމްޓީސީސީން ޕޭމަންޓު ހެދުމާއި، ޔޫޓިލިޓީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނާއި ގުޅުންހުރި ހޮޅިއާއި ކޭބަލް ވަޅުލުމާއި މުވާސަލާތީ އެކި ޚިދުމަތްތަކާ ގުޅުންހުރި ކޭބަލްތައް ވަޅުލުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ފެން ހިންދާ ނިޒާމާއި ގުޅުންހުރި މަސައްކަތްތައްވެސް އަންނަނީ ކުރަމުން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީގެ އަމާޒަކީ މިމަހުގެ ނިޔަލަށް މިމަގުގެ ފުރަތަމަ ފިޔަވަހީގައި މިހާރު ކުރަމުން އަންނަ މަސައްކަތް ނިންމާލުމެވެ.
ގުޅުން ހުރި ޙަބަރުތައް

މަރުހޫމް ހަލީމްގެ އާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި
2 ގަޑިއިރު ކުރިން

ރައީސްގެ އަމިއްލަފުޅު ދަތުރުފުޅުތަކަށް ދައުލަތުން ޚަރަދެއް ނުކުރޭ، ފަތުރަނީ ދޮގު ޚަބަރު: އިޤްބާލް
3 ގަޑިއިރު ކުރިން

ބ. މާޅޮހު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފި
5 ގަޑިއިރު ކުރިން

މިފްކޯ އިން މަސްވެރިންނަށް ހުސްވި މެއި މަހު 31 މިލިއަން ރުފިޔާ ދޫކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)