logo

ރައީސްގެ އަމިއްލަފުޅު ދަތުރުފުޅުތަކަށް ދައުލަތުން ޚަރަދެއް ނުކުރޭ، ފަތުރަނީ ދޮގު ޚަބަރު: އިޤްބާލް

profile

މުހައްމަދު މުޝްރިފް - 02 ޖޫން 2026 - 13:59

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކުރައްވާ އަމިއްލަފުޅު ދަތުރުފުޅުތަކާ ގުޅުވައިގެން ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށް ރިޔާސީ ގަނޑުވަރުގެ މިނިސްޓަރު އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އިޤްބާލް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު އެކިއެކި ދަތުރުފުޅުތަކާ ގުޅުވައިގެން ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުންނާއި ޢާއިލާގެ އެއްވެސް ބޭފުޅަކު އަމިއްލަފުޅު ޙައިސިއްޔަތުން މިހާތަނަށް ކުރެއްވި އެއްވެސް ދަތުރުފުޅަކަށް ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައި ނުވާނެ ކަމުގެ ކަށަވަރުކަން މިނިސްޓަރު އިޤްބާލް ވަނީ ދެއްވާފައެވެ.

އިޤްބާލްގެ ޕޯސްޓް ނިންމާލައްވަމުން ވަނީ ޙަޤީޤަތާ ޚިލާފު މިފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ކަންކަން ހުއްޓާލުމަށްވެސް ގޮވާލައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk