logo

މަރުހޫމް ހަލީމްގެ އާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި

profile

މުޙައްމަދު ފަޟްލޫން - 02 ޖޫން 2026 - 15:30

ދިވެހި ދައުލަތަށް 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި އަލްމަރްހޫމް އިބްރާހީމް ހަލީމް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، އަލްމަރްޙޫމް އިބްރާހީމް ހަލީމް ދައުލަތަށް ހިދުމަތްކުރެއްވި ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ ތެރެއިން، އެންމެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ ރިޔާސީ ގަނޑުވަރު މުލިއާގޭގައިކަން ފާހަގަކުރެއްވިއެވެ.

މަރްހޫމް ހަލީމް އަކީ ރާއްޖޭގެ ކުރީގެ 6 ރައީސުންގެ އަރިހުގައި ނަމޫނާ އިހްލާސްތެރިކަމަކާއެކު މަސައްކަތްކުރެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ އިހުލާސްތެރި ހިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އެމަނިކުފާނަށް ވަނީ އަރުވާފައެވެ.

އިބްރާހީމް ހަލީމް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަރުޙޫމްގެ އާއިލާއަށް ފުން ހިތާމައާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މަރުޙޫމް އިބްރާހީމް ޙަލީމަށް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުއާ ދަންނަވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk