logo

ހުރިހާ މެމްބަރުންނަށް ފުރުސަތު ދިނުމަށް ބަޖެޓު ބަހުސް މިއަދު ނިންމާލަނީ

profile

އައިމިނަތު ރޫޔާ - 19 ނޮވެމްބަރު 2024 - 13:15

ރައްޔިތުންގެ މަޖިލިސް-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް-- ފޮޓޯ: މަޖިލިސް

ހުރިހާ މެމްބަރުންނަށް ފުރުސަތު ދިނުމަށް ބަޖެޓު ބަހުސް މިއަދު ނިންމަވާލާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ ބަޖެޓް ބަހުސްކުރައްވަން ބޭނުންފުޅުވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ދިނުމަށްފަހު، މިއަދު ބަޖެޓް ބަހުސްގެ މަސައްކަތް ނިންމަވާލާނެ ކަމަށެވެ.

އަންނަ އަހަރަށް ލަާފާކޮށް ބަޖެޓަށް ހުށަހަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާއެވެ. މި ބަޖެޓުގައި އެންމެ އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 2.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ހަމަމިއާއެކު، ޚަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.

މީގެއިތުރުން، ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 12.4 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެއެވެ.

ސަރުކާރުން ބުނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ވަރަށް އުއްމީދީ ބަޖެޓެއްކަމަށާއި މިއިީ ފަހުގެ ތާރާީޙެއްގައި ޑެފިސިޓް އެންމެ ކުޑަ ބަޖެޓު ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ 9.4 ބިލިއަން ރުފިޔާގެ ޑެފަސިޓެކެވެ.

https://int.etukuri.mv/
tel:+9607331319