
ޕީއެންސީގެ ލީޑަރޝިޕް ބައިވެރިވާ ޖަލްސާތަކެއް އައްޑޫސިޓީ އާއި ކުޅުދުއްފުށީގައި ބާއްވަނީ

މުޙައްމަދު ފަޟްލޫން - 06 ފެބްރުއަރީ 2026 - 07:12
މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ޖަލްސާތައް އުތުރާއި ދެކުނުގެ ސިޓީތަކުގައި ބާއްވަން ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ލީޑަރޝިޕުން ދަތުރު ފަށައިފިއެވެ.
ޕީއެންސީގެ ފަރާތުން ބުނީ އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ކެމްޕޭން ޖަލްސާއެއް މިރޭ ކުޅުދުއްފުށި ސިޓީގައި އޮންނާނެ ކަމަަށެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ޕީއެންސީ އިން ޖަލްސާ ބާއްވަން ލީޑަރޝިޕްގެ ޓީމެއް ވަނީ އައްޑޫ ސިޓީއަށް ޒިޔާރަތްކޮށްފައެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ވަޑައިގަންނަވާ ލީޑަރޝިޕްގެ ޓީމްގައި ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ޕާޓީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
އައްޑޫ ސިޓީގައި ޕީއެންސީގެ ލީޑަރޝިޕް ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާ އޮންނާނީ 7 ފެބްރުއަރީ 2026 ވާ ހޮނިހިރު ދުވަހުގެރޭ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.
ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ ފުވައްމުލައް ސިޓީ އާއި ތިނަދޫ ސިޓީގައި މީގެ ކުރިން ވަނީ ފޯރިގަދަ ޖަލްސާތަކެއް ބާއްވާފައެވެ. އެ ޖަލްސާތަކުގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރ ޕީޖީ ލީޑަރ އިބްރާޙިމް ފަލާހްގެ އިތުރުން މަޖިލިސް މެމްބަރުންނާއި ދައުލަތުގެ ގިނަ ވަޒީރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިވަގުތު ރާއްޖޭގައި އޮތް ހުރިހާ ސިޓީތަކެއްގައި ލީޑަރޝިޕް ބައިވެރިވާ ކެމްޕޭން ޖަލްސާ އެންމެ ފުރަތަމަ ބޭއްވި ހަމައެކަނި ޕާޓީއަކީ ޕީއެންސީއެވެ.
ޕީއެންސީ އިން 1300 ކެންޑިޑޭޓުން މިއަހަރުގެ ލޯކަލް ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބުގައި ވާދަކުރެއެވެ. ޕީއެންސީގެ ކެމްޕޭން ފޯރީގައި މާލެ ސަރަހައްދުގައި ކުރިއަށްދާއިރު ކެމްޕޭންގައި ޑޯ ޓުޑޯ އާއި ޖަގަހަތައް ދަނީ ހުޅުވަމުންނެވެ. އެގޮތުން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ތަކުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ފަސްޓްލޭޑީ މެޑަމް ސާޖިދާގެ އިތުރުން ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އަދި ޑަބްލިޔު ޑީސީގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި ކެބިނެޓްގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން ދަނީ ބައިވެރިވަމުންނެވެ.
މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް ރަސްމީކޮށް އިފްތިތާޙުކޮށްފި
2 ގަޑިއިރު ކުރިން

މިހާތަނަށް 21174 ވަޒީފާގެ ފުރުސަތު ވަނީ އުފެއްދިފައި: ރައީސް
2 ގަޑިއިރު ކުރިން

ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
2 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: ރައީސް
2 ގަޑިއިރު ކުރިން


