logo

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް ރަސްމީކޮށް އިފްތިތާޙުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 06 ފެބްރުއަރީ 2026 - 07:15

އެމްޕީއެލް އިން މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމާއި، މުދާ އުފުލުމާއި ގުދަންކުރުމުގެ ހުރިހާ މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލައި ޚަރަދުތައް ކުޑަކުރުމެވެ.

މި ޚިދުމަތުގެ ދަށުން ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް ތަޢާރަފްކޮށްފައިވާއިރު، މީގެ ސަބަބުން މާލޭ ބަނދަރަށް އަންނަ ކޮންޓޭނަރުތައް ސީދާ އަތޮޅުތަކުގެ ބަނދަރުތަކަށް އެމްޕީއެލްގެ އުޅަނދުތަކުގައި ފޮނުވައިދެވޭނެއެވެ. މީގެ އިތުރުން ތިލަފުށީގައި ކޮމާޝަލް ވެއަރހައުސިންގ ގާއިމްކުރުމާއި، މާލޭ ބަނދަރުން އެއަރޕޯޓަށް މުދާ އުފުލައިދޭ 'ސީ-ޓު-އެއަރ' ކާގޯގެ ޚިދުމަތްވެސް ވަނީ ހަރުދަނާކޮށްފައެވެ.

ވަޒީރު މޫސާ ޒަމީރު ފާހަގަކުރެއްވި ގޮތުގައި، މި އާ ނިޒާމުގެ ސަބަބުން ވިޔަފާރިތަކުގެ 'ޑައުން ޓައިމް' ކުޑަވެ، ރިސޯޓުތައް ހަދާ ފަރާތްތަކަށާއި އެހެނިހެން ވިޔަފާރިވެރިންނަށް ބޭނުންވާ ތަކެތި އަވަހަށް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ބޮންޑަޑް ގުދަނުގައި މުދާ ބެހެއްޓުމުގެ ފުރުސަތުވެސް ވިޔަފާރިވެރިންނަށް މިހާރު ލިބޭނެއެވެ.

މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އެމްޕީއެލުން އާ ލޭންޑިންގ ކްރާފްޓެއް ބަނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި އެ އުޅަނދު ބޭނުންކުރަން ފެށޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި ހުރިހާ ލޮޖިސްޓިކްސް ޚިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލައި، ރައްޔިތުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދިނުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay