logo

މިހާތަނަށް 21174 ވަޒީފާގެ ފުރުސަތު ވަނީ އުފެއްދިފައި: ރައީސް

profile

މުޙައްމަދު ފަޟްލޫން - 06 ފެބްރުއަރީ 2026 - 07:15

މިސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 21174 ވަޒީފާގެ ފުރުސަތު އުފައްދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރިޔާސީ ބަޔާނުގައި، ތައުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި، އެކި އުމުރު ފުރައިގެ ދިވެހިން އިތުރު ކުރުމަށް، ކަނޑައަޅާ ތަންފީޒު ކުރަމުންދާ ސިޔާސަތުތަކުގެ ނަތީޖާ އެއްގެގޮތުން، 17 ނޮވެމްބަރު 2023 އިން މިއަދާ ހަމަޔަށް 21174 ވަޒީފާގެ ފުރުސަތު އުފެއްދިފައިވާ ކަމަށާ، މީގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގައި އުފެދުނު ކަމަށް ޕެންޝަން އޮފީހުން އިއުލާންކުރި 6724 ވަޒީފާ ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

5 ފެބްރުއަރީ 2027 އިން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ، ހަމަ އެކަނި ދިވެހީންނަށް ކަމުގައި، ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ކުރިޔަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 25000 އިތުރު ވަޒީފާގެ ފުރުސަތު ދިވެހިންނަށް ފަހިވެގެން ދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން 17 ނޮވެމްބަރު 2023 އިން 3 ފެބްރުއަރީ 2026 ގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 11496 ބިދޭސީން ފޮނުވާލާފައިވާނެ ކަމަށްވެސް، އެމަނިކުފާނު ވިދާޅުވިއެވެ.

މި އޮޕަރޭޝަން 2027 ވަނަ އަހަރުގެ މޭ މަހުގެ 2ވަނަ ދުވަހު ނިމޭއިރު، ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭނަމަ އެމީހުންގެ ޞައްޙަ އަދަދާއި، އެއީ ކޮން ބައެއްކަން ކަށަވަރު ކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް، ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

https://wamco.com.mv/
https://eportal.mwsc.com.mv/e-pay