logo

ހުސްވި އަހަރު 2782 ދަރިވަރަކަށް ހިލޭ ޑިގްރީ ސްކީމުން ވަނީ ފުރުސަތުދީފައި: ރައީސް

profile

މުޙައްމަދު ފަޟްލޫން - 06 ފެބްރުއަރީ 2026 - 07:09

ހުސްވި އަހަރު 2782 ދަރިވަރަކަށް ހިލޭ ޑިގްރީ ސްކީމުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތުދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ތައުލީމީ ދާއިރާއިން ސަރުކާރުން ކޮށްފައިވާ ހޭދަތަކާއި އެދާއިރާގެ ކާމިޔާބީ ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.

ފުރަތަމަ ޑީގްރީ ސްކީމުން ވޭތުވެދިޔަ އަހަރު އިތުރު 2728 ދަރިވަރަކަށް ފުރުޞަތުދީ، ޖުމުލަ 11252 ދަރިވަރަކަށް، މާލީ އެހީގެ ގޮތުގައި 921,636,657 ރުފިޔާ ދޫކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އިސްލާމީ ޝަރީޢާއާ އެއްގޮތްކޮށް، ލޯނުގެ އަދަދުގެ އިތުރަށް ނަގަމުން އައި އެޑްމިނިސްޓްރޭޓިވް ފީ ނެގުން މުޅިން ހުއްޓާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ދިމާވެފައިވާ ޑޮލަރު ހޯދުމުގެ ދަތިކަން ހައްލުކުރުމަށް ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހަކަށް 1200 ޑޮލަރު ވިތްޑްރޯ ކުރެވޭނެހެން ކާޑް ލިމިޓް އިތުރު ކޮށްދީފައިވާ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާޙަގަކުރެއްވިއެވެ.

ބޭރުގައި ތައުލީމު އުގެނެމުންދާ ދިވެހި ދަރިވަރުންނަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ ޚިދުމަތް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ގެނައުމުގެ ގޮތުން މި މަހުގެ 3 ވަނަ ދުވަހު ތަޢާރަފުކުރި "ކުރި" ނިޒާމަކީ، ދަރިވަރުންނަށް ދެމުންދާ ޚިދުމަތްތައް ޒަމާނީކޮށް، މެނުއަލްކޮށް ކުރަމުން އައި މަސައްކަތްތަކެއް ޒަމާނީ އޮޓޮމޭޝަނަށް ބަދަލުވެގެންދާ ޒަމާނީ ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން "ކުރި" ނިޒާމުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހަޔަކީ، ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލިބިގެންދާ ދާއިމީ ޙައްލު ކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން، މިހާތަނަށް ގެންގުޅުނު މެނުއަލް ޕޭމަންޓް ވައުޗަރުގެ އުސޫލު ދޫކޮށްލައި، ސަރުކާރުގެ މާލީ ނިޒާމު ކަމަށްވާ 'އެސް.އޭ.ޕީ (SAP) 'އާ ސީދާ ގުޅާލެވިގެންދާނެއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ލިޔެކިޔުންތައް ފުރިހަމަވުމާއެކު، ލަސްވުމެއް ނެތި ވަގުތުން ފައިސާ ޖަމާވުމަށް މަގުފަހިވެ، ދަރިވަރުންގެ ޕޭމަންޓް ޕްރޮސެސް ވަމުންދާ ގޮތް ރިއަލް-ޓައިމްކޮށް ބަލައިލެވޭނެއެވެ.

މީގެ އިތުރުން ވެސް ކުރި ނިޒާމް މެދުވެރިކޮށް ސްޓޫޑެންޓް ލޯނުގެ ޕްރޮސެސް ބެލުމާއި އެޕްލިކޭޝަން ހުށަހެޅުމާއި އެކަމާއި ގުޅުންހުރި ގިނަ ހިދުމަތްތައް ލިބިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay