logo

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: ރައީސް

profile

މުޙައްމަދު ފަޟްލޫން - 06 ފެބްރުއަރީ 2026 - 07:11

ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 11496 ބިދޭސީއެއްއަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރިޔާސީ ބަޔާން އިއްވަވައި ރައީސް ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރަން މިސަރުކާރުން ކުރަމުންދާ އަދި ކޮށްފައިވާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވާފައެވެ.

2018 އިން 2023 އާ ދެމެދު ފޮނުވާލާފައިވަނީ 2649 ބިދޭސީން ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ނަމަވެސް މިސަރުކާރުން މިހާތަނަށް 11 ހާހަށްވުރެ ގިނަ ބިދޭސީން ގަވާއިދާ ހިލާފުވެގެން ވަނީ އަނބުރާ ފޮނުވާލާފައެވެ.

ބިދޭސީންގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާުރުން ފެށި ކުރަނގި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 205،701 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ހިމެނޭހެން ބައޯމެޓްރިކްސް ނަގައި އަޕްޑޭޓްކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ބަޔޮމެޓްރިކްސް ނުދީ، ވަރކް ޕާމިޓެއް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަވެއްޖެނަމަ ވަގުތުން އެ މީހަކު ފޮނުވާލެވޭނެ ކަމަށް ރައީސްގެ އިތުރުން އިމިގްރޭޝަނުން ވެސް ވަނީ ބުނެފައެވެ.

ބަޔޮމެޓްރިކްސް ދީ ނަމަވެސް ލީގަލައިޒް ނުވެ ތިބި ބިދޭސީން ލީގަލައިޒްކުރުމުގެ ޕްރޮގްރާމް 1 ޖަނަވަރީ 2026 ގައި ވަނީ ފަށާފައެވެ.

ބިދޭސީން ލީގަލައިޒް ކުރުމަށް ސަރުކާރުން ކުރި މަސައްކަތުން މިހާތަނަށް ލީގަލައިޒް ވުމަށް މިހާތަނަށް 3837 އެޕްލިކޭޝަން ވަނީ ލިބިފައެވެ.

ކުރަނގި އޮޕަރޭޝަންގެ 3 ވަނަ ފިޔަވަހި މިއަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay