logo

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރަން އާރްޑީސީއާ ހަވާލްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 13:46

ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

https://wamco.com.mv/

ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޢަބްދުއްރައްޒާގު ހަލީމް އެވެ.

އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް ޖުމްލަ 28 އެނދު އިތުރުކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) އަށް އިތުރުކުރެވޭ 4 އެނދާއި، ޖެނެރަލް ވޯޑަށް އިތުރުކުރާ 15 އެނދުގެ އިތުރުން، ކުޑަކުދިންގެ ވޯޑަށް އިތުރުކުރެވޭ 9 އެނދެވެ.

މި މަސައްކަތް ނިމުމުން، ހުޅުމާލެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގެ އެނދުގެ އަދަދު 15 އަށް އަދި ޖެނެރަލް ވޯޑުގެ އެނދުގެ އަދަދު 27 އަށް އިތުރުވެގެންދާނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މިހާރު ކުޑަކުދިންގެ ވޯޑުގައި ހުރީ 6 އެނދެވެ.

އަންނަ ހަފުތާގައި ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއު 90 ދުވަހުގެ ތެރޭގައި ނިންމުމަކީ އާރްޑީސީގެ އަމާޒެކެވެ.

ހުޅުމާލެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ އެނދުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދީ، ހިދުމަތުގެ ފެންވަރު މަތިކުރުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk