
ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް އަށް ބަދަލުކުރަނީ

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 14:09
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް އަށް ބަދަލުކުރަން ނިންމައިފިއެވެ.
ވީއައިއޭ އިން ބުނީ ފެބްރުއަރީ 17 އިން ފެށިގެން ޑޮމެސްޓިކް ހުރިހާ ދަތުރުތަކެއް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
ޑޮމެސްޓިކް ދަތުރުތައް ވީއައިއޭގެ ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް ނުވަތަ ޓާމިނަލް 2 އަށް ބަދަލުކުރާއިރު އެކަމާއި ގުޅިގެން ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.
ވީއައިއޭގެ އައު ޓާމިނަލް ނުވަތަ ޓާމިނަލް 1 ހުސްވި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވާ ހިދުމަތްދޭން ފަށާފައިވާއިރު، އިންޓަރނޭޝަނަލް ހުރިހާ އެއަރލައިންއެއް މިހާރު ވަނީ އައު ޓާމިނަލް އަށް ބަދަލުކުރެވިފައެވެ.
ރާއްޖޭގައި ޑޮމެސްޓިކް ދަތުރުތައް މިވަގުތު ކުރަމުންދަނީ 3 އެއަރލައިނަކުންނެވެ. އެއީ ވިލާ އެއަރ، މަންތާ އެއަރ އަދި މޯލްޑިވިއަން އެވެ.
ވީއައިއޭގެ އައު ޓާމިނަލް އަކީ ޖާގަ ތަނަވަސް ޒަމާނީ ހިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހަފްލާ ރާއްޖޭގައި ބާއްވަނީ
ގަޑިއިރެއް ކުރިން

ރައީސްގެ ގަރާރަކުން ދެއިންތިހާބު އެއްކޮލުމާއި ބެހޭ އިސްލާހަށް ރައްޔިތުންގެ ވޯޓެއް ނަގަން ނިންމައިފި
2 ގަޑިއިރު ކުރިން

ވޭޕްގެ ވިޔަފާރިކުރި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
3 ގަޑިއިރު ކުރިން

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރަން އާރްޑީސީއާ ހަވާލްކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)