
ވޭޕްގެ ވިޔަފާރިކުރި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 13:47
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވޭޕްގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
މި މައްސަލާގައި އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޗައިއޮން އެވެ. އޭނާ އަތުލައިގަނެފައިވަނީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައުމަށްފަހު، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވަރގެ އިތުރުން 11 ޑިސްޕޯސަބަލް ވޭޕް ސްޓިކް ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހަފްލާ ރާއްޖޭގައި ބާއްވަނީ
ގަޑިއިރެއް ކުރިން

ރައީސްގެ ގަރާރަކުން ދެއިންތިހާބު އެއްކޮލުމާއި ބެހޭ އިސްލާހަށް ރައްޔިތުންގެ ވޯޓެއް ނަގަން ނިންމައިފި
2 ގަޑިއިރު ކުރިން

ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް އަށް ބަދަލުކުރަނީ
2 ގަޑިއިރު ކުރިން

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރަން އާރްޑީސީއާ ހަވާލްކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)