
349 ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 13:47
އަހަރުގެ މިހާތަނަށް ރާއްޖެއަށް 349,990 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 325,277 ފަތުރުވެރިންނާއަޅާ ބަލާއިރު %7 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 8,943 ފަތުރުވެރިން އާދެއެވެ.
މިމަހު ރާއްޖެއަށް ވަނީ ރެކޯޑު އަދަދުތަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިމަހުގެ 8ވަނަ ދުވަހު ރާއްޖެއަށް 10،462 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މި މަމަހުގެ 1 ވަނަ ދުވަހު ރާއްޖެއަށް ވަނީ 10,253 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.
ޗައިނާ އިން ރާއްޖެއަށް 49,704 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.
ރަޝިޔާ އިން ރާއްޖެއަށް 40,141 މިހާތަނަށް އައިސްފައިވެެއެވެ.
34,320 ފަތުރުވެރިންނާއެކު 3ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައި ގައުމަކީ އިޓަލީ އެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގަނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ވޯޓަކުން މެނުވީ ގާނޫނު އަސާސީއަށް ރައީސް އިސްލާހެއް ނުގެންނަވާނެ: ނައިބު ރައީސް
9 މިނިޓު ކުރިން

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހަފްލާ ރާއްޖޭގައި ބާއްވަނީ
3 ގަޑިއިރު ކުރިން

ރައީސްގެ ގަރާރަކުން ދެއިންތިހާބު އެއްކޮލުމާއި ބެހޭ އިސްލާހަށް ރައްޔިތުންގެ ވޯޓެއް ނަގަން ނިންމައިފި
4 ގަޑިއިރު ކުރިން

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރަން އާރްޑީސީއާ ހަވާލްކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)