
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ޕީއެންސީ
ހަގީގީ މާނައިގައި ޑިމޮކްރަސީ ގާއިމްކުރަން ބޭނުންނަމަ، ދެއިންތިހާބު އެއްދުވަހެއްގައި ބާއްވަން ވޯޓްދެއްވާ: ރައީސް

މުޙައްމަދު ފަޟްލޫން - 02 އޭޕްރީލު 2026 - 05:42
ހަގީގީ މާނައިގައި ޑިމޮކްރަސީ ގާއިމްކުރަން ބޭނުންނަމަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބާއްވަން ފެންނަ ކަމަށް އާއެކޭ ބުނަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ ކިބައިން ރޭ އެދިވަޑައިގެންފިއެވެ.
ޕީއެންސީގެ ފަރާތުން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ވޯޓްދިނުމަކީ ގައުމީ ވިސްނުމެއްގައި ކުރަންޖެހޭ ކަމެއް ކަމަށެވެ.
ރިޔާސީ އިންތިހާބަށް ފަހު، އޭގެ ހަ މަސް ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ޖެހޭއިރު، އެކަމުން ލިބޭނެ ފައިދާއެއް ނެތް ތަނުގައި ލިބެނީ ހުސް ގެއްލުން ވާކަން އެއީ އެންމެން ވެސް ގަބޫލު ކުރާ ހަގީގަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގައުމީ ވިސްނުމުގައި ވެރިކަން ކުރުމުގެ ވިސްނުން ނެތް ޕާޓީއެއްގެ ބަޔަކު ވެރިކަމަށް ހޮވިއްޖެ ނަމަ، އަދި މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓުން ހޮވައިފި ނަމަ، މިނިވަން، އިންސާފުވެރި އިންތިހާބަކަށް މަގުފަހި ނުވުމުގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މަޖިލީހުގެ ތެރެއިން ގެއްލިގެންދާނެ ކަމަށެވެ. އެހެންވެ، ސަރުކާރު ފުރިހަމަ ގޮތުގައި ޖަވާބުދާރީ ކުރުވުމަށް މިނިވަން، އިންސާފުވެރި އިންތިހާބެއް ބާއްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ޑިމޮކްރަސީ އެއްގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ސިޔާސީ ވާހަކައެއް ނޫންކަމަށާއި ޑިމޮކްރަސީ އެއްގައި ވެއްޖެއްޔާ އިންތިހާބުތައް ބާއްވަންވާނީ އިންސާފުވެރިކަމާއި މިނިވަންކަމާއި އެކު ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއް ދުވަހެއްގައި އެ ދެ އިންތިހާބު ބޭއްވުމުން ރައީސުލްޖުމްހޫރިއްޔާ އަށް ހޮވެނީ ކާކު ކާން ނޭނގޭ ހާލުގައި މަޖިލީހަށް ވެސް މެމްބަރުން ހޮވަނީ ހަމަ އެއް ދުވަހެއްގައި އެއް ގަޑިއެއްގައި، ކަމަށް ވިދާޅުވިއެވެ.
އެއް ބާޜު، އަނެއް ބާރުގެ ތެރެއަށް ވަދެގެން ގޮސް ހުރިހާ ބާރުތަކެއް މަސްހުނިވެފައި އޮންނަ ސިޔާސީ އާދަކާދަ ނައްތާލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމާ ދެކޮޅު ހަދަނީ މީގެކުރިން ބާރު ލިބިގެން އެ ބާރުތައް މަސްހުނިކޮށްގެން އެގޮތުގައި ކުރިއަށް ދިޔަ މީހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅު އެމްޑީޕީ އިން ދަނީ ދެ އިންތިހާބު އެކުގައި ބާއްވަން ނޫނެކޭ ބުނަން ޖެހޭ ކަމަށް ބުނެ ކެމްޕޭން ކުރަމުންނެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނެގުން އޮންނާނީ މިހިނގާ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ މޭޔަރުގެ ވިސްނުމުގެ ދާއިރާއަކީ ހަމައެކަނި މާލެސިޓީގެ ރައްޔިތުންނެއް ނޫން: މޫސާ އަލީ ޖަލީލް
ގަޑިއިރެއް ކުރިން

ދިއްދޫގައި ދަނާލް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
2 ގަޑިއިރު ކުރިން

ޕީއެންސީ އަކީ އެންމެ ފުރަތަމަ ގައުމު ހަގީގީ މާނައިގައި އިސްކޮށް ތަންފީޒް ކުރާ ޕާޓީ: ރައީސް ޑރ މުއިއްޒު
2 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް އިން 6 ރަށެއްގައި އާ ބްރާންޗް ގާއިމުކޮށްފި
15 ގަޑިއިރު ކުރިން


.gif&w=3840&q=75)