logo

ދިއްދޫގައި ދަނާލް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

profile

މުޙައްމަދު ފަޟްލޫން - 02 އޭޕްރީލު 2026 - 07:33

ހއ. ދިއްދޫގައި އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ ދަރިވަރުންގެ ދަނާލުގެ މަސައްކަތް ރަސްމީކޮށް ބަޔަކާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

https://wamco.com.mv/

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ހިކްމާއެވެ. އަދި މި މަސައްކަތް ހަވާލުކުރެވުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ. މީގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫގައި ތަރައްގީކުރާ ދަނާލަކީ 32 ކޮޓަރީގެ އިތުރުން، ކިޔަވާ ދަރިވަރުންނަށް ބޭނުންވާނެ އެންމެހައި ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތައް ފުރިހަމައަށް ލިބޭނެހެން ފަރުމާކުރެވިފައިވާ އިމާރާތެއްކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk